ބީއެމްއެލް ގައުމީ ޓެނިސް ޗެމްޕިއަންޝިޕް ކާމިޔާބުކަމާއެކު ނިންމާލައިފި

ކުޅިވަރުގެ މޮޅު ހުނަރު ފެނިގެން ދިޔަ ބީއެމްއެލް ގައުމީ ޓެނިސް ޗެންޕިއަންޝިޕް ކާމިޔާބުކަމާއެކު ނިންމާލައިފިއެވެ. ޖުމްލަ 144 ބައިވެރިންނާއެކު ކުރިޔަށްދިޔަ މި މުބާރާތުގައި ކުޅުންތެރިންވަނީ ކޯޓުގައި ފާހަގ...

05 Aug 2024 | 07:23

ކުޅިވަރުގެ މޮޅު ހުނަރު ފެނިގެން ދިޔަ ބީއެމްއެލް ގައުމީ ޓެނިސް ޗެންޕިއަންޝިޕް ކާމިޔާބުކަމާއެކު ނިންމާލައިފިއެވެ.

ޖުމްލަ 144 ބައިވެރިންނާއެކު ކުރިޔަށްދިޔަ މި މުބާރާތުގައި ކުޅުންތެރިންވަނީ ކޯޓުގައި ފާހަގަކޮށްލެވޭ މޮޅު ހުނަރެއް ދައްކާފައެވެ. މި މުބާރާތުގައި ހުރިހާ އުމުރުފުރާއެއްގެ ކުޅުންތެރިންވެސް ވާދަވެރި ރޫހުގައި ތަފާތު މެޗުތަކެއް ކުޅެފައިވެއެވެ.

ޒުވާން ކުޅުންތެރިންގެ ހުނަރު އިތުރުކޮށް މި ކުޅިވަރުގައި ކުރިއަށް ދިޔުމަށް ބޭނުންވާ ތަޖުރިބާ ހޯދައިދިނުމުގެ މަގްސަދުގައި ބޭންކް އޮފް މޯލްޑިވްސް އިން 2019 ވަނަ އަހަރު ޓެނިސް އެސޯސިއޭޝަން އޮފް މޯލްޑިވްސް (ޓީއޭއެމް) އާ ވަނީ އެއްބަސްވެފައެވެ.

މި މިބާރާތުގެ ނިންމުމުގެ ރަސްމިއްޔާތު މިއަދު ބާއްވާ ވަނަވަނަ ހާސިލްކުރި ކުޅުންތެރިންނަށް މި ހޮނިހިރު ދުވަހުގެ ރޭ ވަނީ މެޑަލް ހަވާލުކޮށްފައެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް