އިސްލާމީ ކަންތައްތަކާ ބެހޭ ވަޒީރުންގެ ބައްދަލުވުމުގެ ފަސްވަނަ ދަންފަޅީގެ ރިޔާސަތުގައި ވަޒީރު ޑރ. ޝަހީމް

ސުޢޫދީ ޢަރަބިއްޔާގެ މައްކާގައި ކުރިއަށްދާ އިސްލާމީ ދުނިޔޭގެ އިސްލާމީ ކަންތައްތަކާ ބެހޭ ވަޒީރުންގެ ނުވަވަނަ ޖަލްސާގެ ފަސްވަނަ ދަންފަޅީގެ ރިޔާސަތު ދިވެހިރާއްޖޭގެ ފަރާތުން އިސްލާމީ ކަންތައްތަކާ ބެހޭ ވަޒީ...

05 Aug 2024 | 06:52

ސުޢޫދީ ޢަރަބިއްޔާގެ މައްކާގައި ކުރިއަށްދާ އިސްލާމީ ދުނިޔޭގެ އިސްލާމީ ކަންތައްތަކާ ބެހޭ ވަޒީރުންގެ ނުވަވަނަ ޖަލްސާގެ ފަސްވަނަ ދަންފަޅީގެ ރިޔާސަތު ދިވެހިރާއްޖޭގެ ފަރާތުން އިސްލާމީ ކަންތައްތަކާ ބެހޭ ވަޒީރު ޑރ. މުޙައްމަދު ޝަހީމް ޢަލީ ސަޢީދު ބަލަހައްޓަވައިފިއެވެ.

މި ދަންފަޅީގެ ޝިޢާރަކީ 'މުސްލިމުން ގިނަ ޤައުމުތަކުގައި ރައްޔިތުކަން ކުރިއެރުވުމާއި އިސްލާމީ މުޖުތަމަޢުތަކުގެ އިސްތިޤްރާރަށް އޭގެ ސަބަބުން ކުރާ އަސަރު' މި ޝިޢާރެވެ.

ސުޢޫދީ ޢަރަބިއްޔާގެ މައްކާގައި ކުރިއަށްދާ މި ޖަލްސާގައި އިސްލާމީ ހުރިހާ ގައުމަކުން ވެސް ބައިވެރިވެއެވެ.

ސުޢޫދީ ޢަރަބިއްޔާއަށް ކުރައްވަމުން މި ގެންދަވާ ދަތުރުފުޅުގައި ވަޒީރު ޑރ. ޝަހީމް ވަނީ ސުޢޫދީ ޢަރަބިއްޔާޔާގެ އިސްލާމީ ކަންތައްތަކާ ބެހޭ ވަޒީރު ފަޟީލަތުއްޝައިޚް ޑރ. އަބްދުއްލަޠީފް އާލުއްޝައިޚާ ވެސް ބައްދަލުކުރައްވާފައެވެ.

އިސްލާމީ ދުނިޔޭގެ އިސްލާމީ ކަންތައްތަކާ ބެހޭ ވަޒީރުންގެ ނުވަވަނަ ޖަލްސާ މި މަހުގެ ތިންވަނަ ދުވަހުން ހަތްވަނަ ދުވަހާ ހަމައަށް ކުރިއަށްދާނެއެވެ.

މި ކޮންފަރެންސް ނިންމަވައިލެއްވުމަށް ފަހު، ވަޒީރު ޑރ. ޝަހީމް އެނބުރި ރާއްޖެ ވަޑައިގަންނަވާނީ މި މަހުގެ ހަތްވަނަ ދުވަހުއެވެ.

ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ވެރިކަމުގައި ދިވެހިރާއްޖެއާއި ސުޢޫދީ ޢަރަބިއްޔާއާ ދެމެދު އޮންނަ ގުޅުން އިތުރަށް ހަރުދަނާވަމުން ދާކަން ފާހަގަކުރެވެއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް