އެލްޖީއޭގެ ސީއީއޯގެ މަޤާމަށް ނިމާލް އައްޔަނުކުރައްވައިފި

ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު، ލޯކަލް ގަވަރމަންޓް އޮތޯރިޓީގެ ޗީފް އެގްޒެކެޓިވް އޮފިސަރުގެ މަގާމަށް، މ. ކޮކާ ހަނދުވަރުގެ، މުޙައްމަދު ނިމާލް، މިއަދު ޢައްޔަނުކުރައްވައިފިއެވެ. ނިމާލް މ...

05 Aug 2024 | 06:30

ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު، ލޯކަލް ގަވަރމަންޓް އޮތޯރިޓީގެ ޗީފް އެގްޒެކެޓިވް އޮފިސަރުގެ މަގާމަށް، މ. ކޮކާ ހަނދުވަރުގެ، މުޙައްމަދު ނިމާލް، މިއަދު ޢައްޔަނުކުރައްވައިފިއެވެ.

ނިމާލް މި މަޤާމަށް އައްޔަނުކުރައްވާފައިމިވަނީ މަގާމުގައި ކުރިން ހުންނެވި ޑރ. މަރިޔަމް ޒުލްފާ އެ މަޤާމުން ވަކިކުރެއްވުމަށްފަހުގައެވެ.

މީގެ ކުރިން މުޙައްމަދު ނިމާލް ވަނީ މާލެ އަތޮޅު، އަތޮޅު ކައުންސިލްގެ ރައީސްގެ މަޤާމު އަދާކުރައްވާފައެވެ. އަދި ސްރީލަންކާގައި ހުންނަ ދިވެހިރާއްޖޭގެ ހައިކޮމިޝަންގެ މިނިސްޓަރ ކައުންސެލަރ މަޤާމާއި މޯލްޑިވްސް ރޯޑް ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެމްއާރުޑީސީ)ގެ މެނޭޖިން ޑިރެކްޓަރުކަމުގެ މަޤާމުވެސް މުޙައްމަދު ނިމާލު އަދާކުރައްވާފައިވެއެވެ. މީގެ އިތުރުންވެސް ފެނަކަ ކޯޕަރޭޝަންގެ މެނޭޖިން ޑިރެކްޓަރުކަމުގެ މަޤާމާއި، ޓޫރިޒަމް މިނިސްޓްރީގެ ނައިބުގެ މަޤާމުވެސް އަޙްމަދު ނިމާލް ވަނީ ފުރުއްވާފައެވެ.

މުޙައްމަދު ނިމާލް ވަނީ އޮސްޓްރޭލިއާގެ ޗާލްސް ސްޓާޓް ޔުނިވަރސިޓީއިން ބެޗެލަރ އޮފް ބިޒްނަސް (މާކެޓިންގ) ހާސިލްކުރައްވާފައެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް