އިންޑިއާގެ ފިލްމީ އަދި ޓީވީ ތަރި މަލާއިކާ އަރޯރާ ރާއްޖޭގައި ޗުއްޓީ ހޭދަކުރަމުން އެބަ ގެންދެއެވެ.
މަލާއިކާގެ އިންސްޓަގްރާމް ޕޯސްޓްތަކުން، ބެލެވޭގޮތުގައި އޭނާ ރާއްޖެ އައިސްފައިވަނީ އިއްޔެގެ ވަގުތެއްގައެވެ. ޗުއްޓީ ހޭދަކުރަމުން އަންނަނީ ހެރިޓެންސް އާރަށުގައެވެ.
މަލާއިކާ އަރޯރާއަކީ ގިނަ ފިލްމުތަކެއް ކުޅެފައިވާ އަދި ރިއާލިޓީ ގިނަ ޝޯތަކެއް ހޯސްޓްކޮށްފައިވާ އިންޑިއާގެ ވަރަށް މަޝްހޫރު ބަތަލާއެކެވެ. އުމުރުން މިހާރު 50 އަހަރުގެ މަލާއިކާ ކުރިން ކައިވެނިކުރީ ފިލްމީ ތަރި އަދި ސަލްމާން ޚާންގެ ކޮއްކޮ އަރްބާޒް ޚާން އާއެވެ. އެހެންނަމަވެސް 2016ގައި އެ ކައިވެނި ރޫޅާލައި މިހާރު ލޯބީގެ ގޮތުން ގުޅިގެން އުޅެނީ މަލާއިކާއަށްވުރެ އުމުރުން 11 އަހަރު ކުޑަ، ބޮލީވުޑްގެ މަގްބޫލު އަދި އަރަމުން އަންނަ ބަތޮލެއް ކަމުގައިވާ އަރްޖޫން ކަޕޫރާއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް