މޯލްޑިވް ގޭސްގެ ކުރީގެ އެމްޑީ މައުމޫން މާލެ އައުމުން، ފުރުން މަނާކޮށް މަނީ ލޯންޑަރިންގެ މައްސަލަ ތަހުގީގު ފަށައިފި

މޯލްޑިވްސް ގޭސްގެ ކުރީގެ މެނޭޖިން ޑިރެކްޓަރ، އަބްދުﷲ މައުމޫން (މާނު) ރާއްޖެ އައުމުން އޭނާ ދެން ފުރުން މަނާކޮށް މަނީ ލޯންޑަރިންގެ މައްސަލަ ތަހުގީގު ކުރަން ފަށައިފިއެވެ. ދެންމެ ފުލުހުން ބުނެފައިވަނީ މޯލ...

05 Aug 2024 | 05:34

މޯލްޑިވްސް ގޭސްގެ ކުރީގެ މެނޭޖިން ޑިރެކްޓަރ، އަބްދުﷲ މައުމޫން (މާނު) ރާއްޖެ އައުމުން އޭނާ ދެން ފުރުން މަނާކޮށް މަނީ ލޯންޑަރިންގެ މައްސަލަ ތަހުގީގު ކުރަން ފަށައިފިއެވެ.

ދެންމެ ފުލުހުން ބުނެފައިވަނީ މޯލްޑިވް ގޭސްގެ ކުރީގެ މެނޭޖިން ޑިރެކްޓަރ މައުމޫންގެ މައްޗަށް ތުހުމަތު ކުރެވޭ މަނީ ލޯންޑަރިންގެ މައްސަލަ ފުލުހުން ތަހުގީގު ކުރަމުން އަންނަ ކަމަށެވެ.

މި މައްސަލަ ފުލުހުން ތަހުގީގު ކުރަން ފަށާފައިވާއިރު މެނޭޖިން ޑިރެކްޓަރުގެ މަގާމުގައި މައުމޫން ހުންނެވި ދުވަސްވަރު ބޭރުގެ ކުންފުންޏަކުން ކައްކާ ގޭސް ހޯދުމުގެ މުއާމަލާތުގެ ތެރޭޣައި3.1 މިލިޔަން ރުފިޔާ ނަގާފައިވާކަމަށް ތުހުމަތުކޮށްފައިވެއެވެ. އަދި އެ މައްސަލައިގާ ހަތް ދައުވާއެއް އޭނާގެ މައްޗަށް ކޮށްދިނުމަށް އޭސީސީއިން ކުރިން އެދިފައިވެއެވެ.

އެ ދައުވާތަކުގެ ތެރޭގައި ހިމެނެނީ ދައުލަތުން ކުރާ ކަމަކާ ގުޅިގެން ރިޝްވަތު ހިފުމުގެ ކުށުގެ ދައުވާ އާއި މަގާމުގެ ނުފޫޒު ބޭނުންކޮށްގެން ނާޖާއިޒު ފައިދާ ހޯދުމާއި ހޯދައިދިނުމުގެ ކުށުގެ ދައުވާއާއި ކުށެއް ކުރަން އުޅުމުގެ ކުށުގެ ދައުވާއާއި ކުށެއް ކުރަން އެދުމުގެ ދައުވާއާއި ރިޝްވަތު ޤަބޫލުކުރުމުގެ ދައުވާގެ އިތުރުން ރަސްމީ ހައިސިއްޔަތުގެ ނުފޫޒު ނަހަމަގޮތުގައި ބޭނުންކޮށްގެން މަންފާ ހޯދުމާއި ހޯދައިދިނުމުގެ ދައުވާއެވެ.

ތުހުމަތު ކުރެވުނު 3.1 މިލިޔަން ރުފިޔާ ހޯދުމަށް އޭސީސީން ނިންމާފައިވާއިރު އަދި އެ މައްސަލަ ޕީޖީއިން ކޯޓަށްވެސް ފޮނުވާފައިވާއިރު ރައީސް ޔާމީންގެ ދައުރުގައި މޯލްޑިވްސް ގޭސްގެ މެނޭޖިން ޑިރެކްޓަރުކަން ކުރެއްވި މައުމޫން، ރައީސް ޔާމީންގެ ވެރިކަން ނިމުނު ފަހުން އުޅުއްވަމުން ގެންދެވީ ރާއްޖެއިން ބޭރުގައެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް