އިޒްރޭލް ޕާސްޕޯޓު މަނާކުރާނެކަމަށް ބުނި ނަމަވެސް ސަރުކާރުން އޮތީ އެމެރިކާ ދަށު ވެފައި ކަމަށް ކުރީގެ ހޯމްމިނިސްޓަރ އުމަރު ނަސީރު ވިދާޅުވެއްޖެއެެވެ.
ރާއްޖެ ޓީވީގެ ފަށާއިރު ޕްރޮގްރާމްގައި ވާހަކަދައްކަވަމުން އުމަރު ވިދާޅުވީ، ސަރުކާރުން މިއަދު އޮތީ އެމެރިކާ އަދި އިންޑިއާގެ ވެސް ދަށު ވެފައި ކަމަށެވެ.
އުމަރު ވިދާޅުވީ، ފަލަސްތީނުގައި ޤަތުލުއާންމެއް ހިންގަމުންދަނީ، އެމެރިކާގެ ވާގިވެރިކަމާއި އެކު ކަމަށްވާއިރު، ރާއްޖެއިން އެމެރިކާއާ ގުޅުން ބަދަހި ކުރުމަށް ކުރާ މަސައްކަތް ފާހަގަ ކޮށްލެވޭ ކަމަށެވެ. އަދި އެހެން ކަންތައް ދިމާވާން ޖެހޭ ސަބަބަކީ ސަރުކާރުން ހަމައާއި އުސޫލެއް ނުގެންގުޅޭތީކަމަށެވެ.
އުމަރު އިތުރަށް ވިދާޅުވީ މި ސަރުކާރުން އިޒްރޭލް ޕާސްޕޯޓު މަނާކުރުމަށްޓަކައި މަސައްކަތް ކުރަމުންދާ ކަމަށްބުނި ނަމަވެސް އެއީ ގަބޫލުކުރެވޭ ވާހަކައެއް ނޫން ކަމަށެވެ. އަދި އެއީ ހަގީގަތުގައި ގަލަމަކުން ނިންމާލެވޭ ވަރުގެ ކަމެއް ކަމަށް އުމަރު ވަނީ ވިދާޅުވެފައެވެ.
އިޒްރޭލް ޕާސްޕޯޓު މަނާކުރުމުގެ މައްސަލަ ކޮމިޓީގައި އޮންނަތާ 56 ދުވަސް ވެފައިި ވާއިރު އަމަލީ ގޮތުން ޕާސްޕޯޓު މަނާ ކުރުމަށް ސަރުކާރުން އެއްވެސް ކަމެއް އަދި ކޮށްފައެއް ނުވެއެވެ.
އެގޮތުން މި އަހަރު ފެށުނުތާ ފުރަތަމަ ހަމަސް ދުވަހު ތެރޭގައި ވެސް އިޒްރޭލުގެ 800 އެއްހާ މީހުން ވަނީ ރާއްޖެ ޒިޔާރަތް ކޮށްފައެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް