ރައީސް ޔާމީންގެ ކެނޑިޑަސީ އިލެކްޝަންސް އިން ބަލައިނުގަތުމުން ޕީޕީއެމް އިން ސުޕްރީމް ކޯޓުން ހުށަހަޅާފައިވާ ދުސްތޫރީ މައްސަލައިގެ އަޑުއެހުމެއް މާދަމައަށް ތާވަލުކޮށްފިއެވެ.
ސުޕްރީމް ކޯޓުން މި މައްސަލަ ތާވަލުކޮށްފައިވަނީ ހެނދުނު 10:00 އަށެވެ.
"ހުށައެޅި ފަރާތް: ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމް، މއ. ކާމިނީހުޅަގުގެ، ކ. މާލެ
ރައްދުވާ ފަރާތް: އިލެކްޝަންސް ކޮމިޝަން
ބާވަތް: ދުސްތޫރީ
ފަނޑިޔާރުން: އުއްތަމަ ފަނޑިޔާރު އަލްއުސްތާޛް އަޙްމަދު މުޢުތަސިމް ޢަދުނާން، ފަނޑިޔާރު ޑރ. އަޒްމިރާލްދާ ޒާހިރު، ފަނޑިޔާރު އަލްއުސްތާޛާ ޢާއިޝާ ޝުޖޫން މުޙައްމަދު، ފަނޑިޔާރު އަލްއުސްތާޛް މަޙާޒު ޢަލީ ޒާހިރު، ފަނޑިޔާރު އަލްއުސްތާޛް ޙުސްނުއް ސުޢޫދު، ފަނޑިޔާރު އަލްއުސްތާޛް ޢަލީ ރަޝީދު ޙުސައިން، ފަނޑިޔާރު ޑރ. މުޙައްމަދު އިބްރާހީމް" ސުޕްރީމް ކޯޓުން ބުނެފައިވެއެވެ.
ބައެއް މަސްދަރުތަކުން މައުލޫމާތު ލިބިފައިވާގޮތުގައި މާދަމާ މި މައްސަލައިގެ ހުކުމް އިއްވާނެއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް