މިރޭވެސް އުދަ އަރާފާނެތީ ސަމާލުވުމަށް އިލްތިމާސްކޮށްފި

މިރޭވެސް ރާއްޖޭގެ ބައެއް ރަށްރަށަށް އުދަ އަރާފާނެ ކަމަށް ލަފާކޮށް އެކަމަށް ސަމާލުވުމަށް މެޓުން އިލްތިމާސްކޮށްފިއެވެ. މެޓުން މިކަމަށް އިލްތިމާސްކޮށްފައިވަނީ މާދަމާގެ އިރު އެރުމާއި ހަމައަށް ލަފާކޮށް ނެރ...

05 Aug 2023 | 15:11

މިރޭވެސް ރާއްޖޭގެ ބައެއް ރަށްރަށަށް އުދަ އަރާފާނެ ކަމަށް ލަފާކޮށް އެކަމަށް ސަމާލުވުމަށް މެޓުން އިލްތިމާސްކޮށްފިއެވެ.

މެޓުން މިކަމަށް އިލްތިމާސްކޮށްފައިވަނީ މާދަމާގެ އިރު އެރުމާއި ހަމައަށް ލަފާކޮށް ނެރެފައިވާ މޫސުމީ ބުލެޓިންގައެވެ.

އެ ބުލެޓިންގައި ބުނެފައިވާގޮތުގައި މިރޭ ދެކުނާއި މެދުރާއްޖޭގެ ބައެއް ރަށްތަކަށް ވިއްސާރަކުރުމާއެކު ގުގުރުން އެކަށީގެންނެވެ. އަދި އުތުރުގެ ބައެއް ރަށްތަކަށް ކެރީގެ އަސަރު ކުރި ނަމަވެސް އެ އަތޮޅުތަކުގެ މޫސުން އާންމުގޮތެއްގައި ރަނގަޅުވާނެކަމަށްވެސް ބުނެފައިވެއެވެ.

ކަނޑުތައް އާދައިގެވަރަކަށް މަޑުވެފައި ވިލާގަނޑުގައި ގަދަވާނެކަމަށް ބުނެފައިވާއިރު ރާޅުގެ އުސްމިން ހުންނާނެކަމަށް ލަފާކޮށްފައިވަނީ ތިން ފޫޓާއި ހަތް ފޫޓާއި ދެމެދުގައެވެ.

މިރޭ އުދަ އަރާފާނެ ކަމަށް ލަފާކޮށް ސަމާލުވުމަށް އިލްތިމާސްކޮށްފައިވާއިރު މި ފަހުގެ ޒަމާނެއްގައި މާލެއަށް ނާރާހާ ބޮޑަށް މިއަދު އުދަ އަރާފައިވެއެވެ. އެގޮތުން ކާނިވާ ސަރަހައްދާއި ރާޅުގަނޑު ސަރަހައްދާއި ބްރިޖް ހައިވޭގައި އެއާޕޯޓް ކައިރި ލައިޓް ސަރަހައްދަށް އެރި އުދައިގާ ބައެއް ވެހިކަލްތަކަށް ގެއްލުންވެ ބައެއް މީހުންނަށްވެސް އަނިޔާ ލިބިފައިވެއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް