މިއަދު މާލެއަށް ވަރަށް ބޮޑަށް އުދަ އަރަމުންދާތީ މާލެ، ހުޅުމާލެ ދެމެދުގައި ޒަރޫރީ ދަތުރުތައް ނޫނީ ނުކުރުމަށް ފުލުހުން އިލްތިމާސްކޮށްފިއެވެ.
މިކަމާއި ގުޅޭގޮތުން ފުލުހުން ދެންމެ ބުނެފައިވަނީ ހާއްސަކޮށް، މާލެ އާއި ހުޅުމާލެ އާ ދެމެދު، އުދައެރުން ހުއްޓެންދެން، ޒަރޫރީ ދަތުރުތައް މެނުވީ ނުކުރުމަށް ދަންނަވާކަމަށާއި ޒަރޫރީ ދަތުރުތައް ކުރުމަށްވެސް، ހަތަރު ފުރޮޅުލީ އުޅަނދު ބޭނުން ކުރެއްވުމަށް އިލްތިމާސް ކުރާކަމަށެވެ.
މާލޭ ރާޅުގަނޑު ސަރަހައްދާއި މާލެ ހުޅުމާލެ ހައިވޭ އެއާޕޯޓް ލައިޓް ސަރަހައްދަށް ވަރަށް ބޮޑަށް އުދަ އަރަމުން އަންނައިރު އުދަ އަރަމުންދަނިކޮށް ދަތުރު ކުރަމުންދިޔަ ވެހިކަލްތަކަކަށް ގެއްލުންވެ ބަޔަކަށް އަނިޔާވާ މަންޒަރު ފެންނަ ވީޑިއޯތަކެއް ދައުރުވެފައިވެއެވެ.
މާލެ ސަރަހައްދަށް ވަރަށް ބޮޑަށް އުދަ އަރަމުން އަންނައިރު ރާއްޖޭގެ ބޮޑު ބަޔަކަށް އުދައިގެ އަސަރު ކުރާނެކަމަށް ލަފާކޮށް މެޓުން ވަނީ ހުދު ސަމާލު ނެރެފައެވެ.






ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް