މިހާރު ރާއްޖެއަށް އަރަމުން އަންނަ އުދައިގާ މާލެ ހުޅުމާލެ ހައިވޭއަށް އެރި އުދައިގެ ރާޅުތަކުގައި ބަޔަކަށް އަނިޔާވެ ވެހިކަލްތަކަކަށް ގެއްލުން ވެއްޖެއެވެ.
އެ މަންޒަރު ފެންނަ ބައެއް ވީޑިއޯއާއި ފޮޓޯ ސޯޝަލް މީޑިއާގައި ދައުރުވަމުން އަންނައިރު ގެއްލުންވި ސައިކަލުތައް ކައިރީގައި މަޑުކޮށްލައިގެން ތިބޭ މީހުން އެ ވީޑިއޯއިން ފެނެއެވެ.
އަނެއް ވީޑިއޯއިން ފެންނަނީ އެއާޕޯޓް ފަޅިން ބްރިޖް ލައިޓްގައި ތިބެފައި ލައިޓް ގްރީން ވުމުން ނައްޓާލި ވަގުތު ޖެހި ރާޅެއްގައި ގިނަ ބަޔަކު ސައިކަލްތަކާއެކު ކަހާލައިގެން ސައިކަލާއެކު ވެއްޓޭ މަންޒަރެވެ.
މިފަދަ ހާދިސާތައް ހިނގަމުން އަންނައިރު ރާއްޖޭގެ ބޮޑު ސަރަހައްދަކަށް އުދައިގެ އަސަރުކުރާނެކަމަށް ލަފާކޮށް މެޓުން ދާދި ދެންމެއަކު ހުދު ސަމާލުވެސް ނެރެފައިވެއެވެ.
މާލޭގެ އިތުރުން ރާއްޖޭގެ ބައެއް އެހެން ރަށްރަށަށްވެސް އުދައިގެ އަސަރު ކުރަމުން އަންނަކަމަށް އެ ރަށްރަށުން އަންނަނީ ރިޕޯޓް ކުރަމުންނެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް