މާލޭ ރާޅުގަނޑު ސަރަހައްދަށް އުދަ އަރާތީ އެކަމަށް ސަމާލުވާން ފުލުހުން އެދެފިއެވެ.
ރާޅުގަނޑު ސަރަހައްދަށް އުދަ އަރަމުންދާތީ، އެ ސަރަހައްދުން އެއްގަމު އުޅަނދު ދުއްވާ ފަރާތްތަކުން ސަމާލުވުމަށް ފުލުހުން އެދިފައި ވާއިރު، ރާއްޖޭގެ އެކި ހިސާބުތަކަށް އުދަ އަރާނެ ކަމަށް ލަފާކޮށް, މޫސުމާ ބެހޭ ގައުމީ އިދާރާ (މެޓް) އޮފީހުން ވަނީ ރާއްޖޭގެ ބޮޑު ބަޔަކަށް ވައިޓް އެލަރޓް ނެރެފައެވެ.
މެޓްއިން ބުނީ، މިއަދު އިރުއޮއްސި 6:30 ގެ ނިޔަލަށް ރާއްޖޭގެ ބައެއް ސަރަހައްދުތަކަށް މޫސުން ގޯސްވެ، އުދަ އެރުން އެކަށީގެންވާ ކަމަަށެވެ.
https://twitter.com/PoliceMv/status/1687782240233947136
މެޓުން ވައިޓް އެލަރޓް ނެރެފައި ވަނީ ކ. އަތޮޅުން ފެށިގެން އައްޑޫ ސިޓީއާ ދެމެދަށެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް