ޝަހީމްގެ ސިޔާސީ ކުރިމަގާ މެދު ގޮތެއް ނިންމަނީ

ސިޔާސީ މުސްތަގުމަލާ މެދު ނިންމަވާ ގޮތެއް މާދަމާ އިއުލާނު ކުރައްވާނެ ކަމަށް ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު ވިދާޅުވެއްޖެއެވެ. ޝަހީމް މިހެން ވިދާޅުވީ، ސިޔާސީ  ގޮތުން ހަލަބޮލިވެފައިވާ ދުވަސްވަރެއްގައި،...

05 Aug 2023 | 10:58

ސިޔާސީ މުސްތަގުމަލާ މެދު ނިންމަވާ ގޮތެއް މާދަމާ އިއުލާނު ކުރައްވާނެ ކަމަށް ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު ވިދާޅުވެއްޖެއެވެ.

ޝަހީމް މިހެން ވިދާޅުވީ، ސިޔާސީ  ގޮތުން ހަލަބޮލިވެފައިވާ ދުވަސްވަރެއްގައި، އެކި ޕާޓީތަކުގެ ރަނިންމޭޓްއަށް ވުމަށް ޝަހީމްއަށްވެސް ދައުވަތު ލިބޭކަމަށް އަޑު ފެތުރިފައިވާ ދަނޑިވަޅެއްގައެވެ.

ޝަހީމް މިވަގުތު ހުންނެވީ އިދިކޮޅު ޕީޕީއެމްގައެވެ.

https://twitter.com/Mohamedshaheem1/status/1687757475821527042

ނިމިދިޔަ 2018 ވަނަ އަހަރުގެ ރިޔާސީ އިންތިހާބުގައި ޝަހީމް ހުންނެވީ ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ރަނިންމޭޓެއްގެ ގޮތުގައެވެ. ނަމަވެސް އެފަހަރު ޕީޕީއެމްއަށް ނާކާކިޔާބުވީއެވެ.

އޭގެ ފަހުން  2020 ވަނަ އަހަރު ޝަހީމް ވަނީ ޕީޕީއެމް، ޕީއެންސީ ކޯލިޝަންގެ އެޑްވައިޒަރގެ މަޤާމަށް ހަމަޖައްސާފައެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް