އުދަ އަރާނެ ކަމަށް ލަފާކޮށް, މޫސުމާ ބެހޭ ގައުމީ އިދާރާ (މެޓް) އޮފީހުން ރާއްޖޭގެ ބޮޑު ބަޔަކަށް ވައިޓް އެލަރޓް ނެރެފިއެވެ.
މެޓްއިން ބުނީ، މިއަދު އިރުއޮއްސި 6:30 ގެ ނިޔަލަށް ރާއްޖޭގެ ބައެއް ސަރަހައްދުތަކަށް މޫސުން ގޯސްވެ، އުދަ އެރުން އެކަށީގެންވާ ކަމަަށެވެ.
މެޓުން ވައިޓް އެލަރޓް ނެރެފައި ވަނީ ކ. އަތޮޅުން ފެށިގެން އައްޑޫ ސިޓީއާ ދެމެދަށެވެ.
https://twitter.com/MetMaldives/status/1687770810487103488
ޗުއްޓީ ދުވަސްވަރަކީ ކަނޑު ދަތުރު އިތުރު ދުވަސްވަރަކަށް ވާތީ، ދަތުރު ކުރުމުގައި ސަލާމަތާއި ރައްކާތެރިކަން ކަށަވަރު ކުރުމަށްޓަކައި އަބަދުވެސް ލައިފްޖެކެޓް އެޅުމަށް އާދަކުރަންޖެހޭ ކަމަށް އެކި އިދާރާތަކުން ދަނީހަނދާން ކޮށްދެމުންނެވެ.
އެގޮތުން ރަނގަޅަށް ފަތަން ދަންނަ މީހަކަށް ވާން ވާނެ ކަމަށާއި ކަނޑު ދަތުރު ކުރާއިރު ހުރިހާ ވަގުތެއްގައިވެސް ލައިފްޖެކެޓް އެޅުން މުހިންމު ކަމަށް އެޗްޕީއޭއިން ބުންޏެވެ.
“ލައިފް ޖެކެޓަކީ ދަތުރު ކުރުމުގައި ރައްކާތެރިވުމަށް ބޭނުންކުރެވޭނެ އެންމެ މުހިންމު ވަސީލަތް” އެޗްޕީއޭއިން ބުންޏެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް