ނާޒިމްގެ ރަނިންމޭޓަކަށް ޑރ. އަދީލް

މޯލްޑިވްސް ނެޝަނަލް ޕާޓީ (އެމްއެންޕީ) ގެ ރިޔާސީ ކެނޑިޑޭޓް މުހައްމަދު ނާޒިމްގެ ރަނިންމޭޓަކަށް ޑރ. އަހްމަދު އަދީލް ނަސީރު ހަމަޖައްސަވަން ނިންމަވައިފިއެވެ. ދުވަހަށް މިކަން ކަށަވަރު ކުރެވިފައިވާއިރު މިކަނ...

05 Aug 2023 | 10:15

މޯލްޑިވްސް ނެޝަނަލް ޕާޓީ (އެމްއެންޕީ) ގެ ރިޔާސީ ކެނޑިޑޭޓް މުހައްމަދު ނާޒިމްގެ ރަނިންމޭޓަކަށް ޑރ. އަހްމަދު އަދީލް ނަސީރު ހަމަޖައްސަވަން ނިންމަވައިފިއެވެ.

ދުވަހަށް މިކަން ކަށަވަރު ކުރެވިފައިވާއިރު މިކަން އިއުލާނުކުރާނީ މިރޭ ބިލަބޮންގް ހައި ސްކޫލްގައި އެ ޕާޓީން ބާއްވާ ހާއްސަ ޖަލްސާއެއްގައެވެ.

2019 ވަނަ އަހަރު ރައްޔިތުންގެ މަޖިލީހަށް އަމިއްލަ ގޮތުން ހިތަދޫ ދެކުނު ދާއިރާއަށް ކުރިމަތިލެއްވި އާދިލަކީ އައްޑޫ ސިޓީ ހިތަދޫ ޝަރަފުއްދީން ސްކޫލުގެ ކުރީގެ ޕްރިންސިޕަލެކެވެ.

ސްކޫލް މެނޭޖްމަންޓް ދާއިރާއިން ޕީއެޗްޑީ ހާސިލުކުރައްވާފައިވާ ޑރ. އަދީލް އަކީ އައްޑޫ ސިޓީ ހިތަދުއަށް ނިސްބަތްވާ ބޭފުޅެކެވެ.

ނާޒިމްގެ ރަނިންމޭޓަކަށް ޑރ. އަދީލް ހަމަޖައްސަން ނިންމާފައިވާއިރު ކުރިއަށް އޮތް ރިޔާސީ އިންތިހާބުގައި ވާދަކުރައްވާނެކަން އިއުލާނު ކުރައްވާފައިވާ ކެނޑިޑޭޓުން މިހާރު އަންނަނީ ރަނިންމޭޓުން އިއުލާނު ކުރަމުންނެވެ.

އެގޮތުން ރައީސް ޔާމީންގެ ރަނިންމޭޓަކީ ޑރ. ޖަމީލްކަން އިއުލާނުކުރައްވާފައިވާއިރު ޑރ. މުއިއްޒުގެ ރަނިންމޭޓަކީ ސެމްބެ ކަމުގައި އިއުލާނު ކުރައްވާފައިވެއެވެ. އަދި ރައީސް ސޯލިހްގެ ރަނިންމޭޓަކީ އަސްލަމް ކަމުގައި މިއަދު އެމްޑީޕީން އިއުލާނު ކޮށްފައިވެއެވެ.

އެ ފަރާތްތަކުގެ އިތުރުން ކުރިއަށް އޮތް ރިޔާސީ އިންތިހާބުގައި ކުރިމަތިލައްވާނެކަން އިއުލާނު ކުރައްވާފައިވާ ފަރާތްތަކުގެ ތެރޭގައި ފާރިސް މައުމޫނާއި އިލްޔާސް ލަބީބާއި އުމަރު ނަސީރުގެ އިތުރުން ޑރ. މުނައްވަރު ހިމެނިވަޑައިގަންނަވައެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް