ބަތްކައްކާ ކުޅެން ނޫޅޭ، ޔާމީނަށް ނުލެވޭ ހާލަތަށް ޕީއެންސީން ވަނީ ކެނޑިޑޭޓަކު ހޮވާފަ: މުއާޒް

ރައީސް ޔާމީނަށް ކުރިމަތި ނުލެވޭ ހާލަތަށް ޕީއެންސީން ކެނޑިޑޭޓަކު ވަނީ ހޮވާފައި ކަމަށާއި ބަތްކައްކާ ކުޅެން ނޫޅުމަށް ފަރެސްމާތޮޑާ ދާއިރާގެ ކުރީގެ މެންބަރު އަދި ޕީޕީއެމްގެ ސެނެޓަރ މުއާޒް މުހައްމަދު ރަޝީދު...

05 Aug 2023 | 09:51

ރައީސް ޔާމީނަށް ކުރިމަތި ނުލެވޭ ހާލަތަށް ޕީއެންސީން ކެނޑިޑޭޓަކު ވަނީ ހޮވާފައި ކަމަށާއި ބަތްކައްކާ ކުޅެން ނޫޅުމަށް ފަރެސްމާތޮޑާ ދާއިރާގެ ކުރީގެ މެންބަރު އަދި ޕީޕީއެމްގެ ސެނެޓަރ މުއާޒް މުހައްމަދު ރަޝީދު ގޮވާލައިފިއެވެ.

މުއާޒް މިކަމަށް ގޮވާލާފައިވަނީ ޕީއެންސީން ހޮވި ކެނޑިޑޭޓު ކަމުގައިވާ ޑރ. މުހައްމަދު މުއިއްޒަކީ ޕްލޭން ސީ ކަމަށް ޑރ. މުހައްމަދު ޖަމީލާއި އަދި ޕީޕީއެމްގެ އިސް ބައެއް ފަރާތްތަކުން ރޭގައި ވިދާޅުވެފައިވަނިކޮށް އެ މައްސަލަ މިއަދު ހޫނުވެފައިވާ ދަނޑިވަޅެއްގައެވެ.

ދުވަހަށް މައުލޫމާތު ލިބިފައިވާގޮތުގައި ޑރ. މުއިއްޒު ވާނީ ޕްލޭން ބީއަށްތޯ ސީއަށްތޯ ނިންމުމާއިމެދު ޕީޕީއެމް/ޕީއެންސީން އަންނަނީ މިއަދު މަޝްވަރާތަކެއް ކުރަމުންނެވެ. އަދި އެ މަޝްވަރާތަކުގެ ނިންމުން މިއަދު ހާމަކުރާނެކަމަށް ބެލެވެއެވެ.

ޑރ. މުއިއްޒަކީ ޕްލޭން ސީކަމަށް ބުނަން ފެށީ ރައީސް ޔާމީންގެ ކެނޑިޑަސީ ބަލައިނުގަތް މައްސަލަ ސުޕްރީމް ކޯޓަށް ހުށަހެޅި އިރު އެ މައްސަލަ ރައީސް ޔާމީނާއި ދެކޮޅަށް ނިމި ކެނޑިޑަސީ ނުލިބޭ ހާލަތަކަށް ގޮސްފިނަމަ ޕީޕީއެމްއިން އިތުރު ކެނޑިޑޭޓަކު ނެރުމަށް ފުރުސަތު ދިނުމަށް ހުކުމެއް ނެރެދިނުމަށްވެސް އެ މައްސަލައިގާ އެދުނު ހިސާބުންނެވެ.

އެހެން ނަމަވެސް ޕީއެންސީ އިން ކެނޑިޑޭޓަކު ނެރެން ނިންމީވެސް ރައީސް ޔާމީނަށް ކުރިމަތި ނުލެވޭ ހާލަތަކަށް ބަލާފައެވެ. ޑރ. މުއިއްޒު މިހާރު ވަނީ ރަނިންމޭޓަކުވެސް އިއުލާނު ކުރައްވައި ކެނޑިޑަސީ ފޯމު ހުށަހެޅުމުގެ މަސައްކަތްތައްވެސް އަންނަނީ ކުރައްވަމުންނެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް