ރީ ރަޖިސްޓްރޭޝަންއަށް ބާކީ ދެ ގަޑިއިރު

ރިޔާސީ އިންތިހާބުގައި ރަށްވެހިވެފައިވާ ރަށް ނޫން އެހެން ރަށެއްގައި ވޯޓުލާނަމަ ރީ ރަޖިސްޓްރީ ކުރުމަށް ހުޅުވާލާފައިވާ ފުރުސަތު މިއަދު ހަވީރު 4:00ގެ ނިޔަލަށް ހަމަވާނެ ކަން އިލެކްޝަންސް ކޮމިޝަނުން ހަނދުމަ...

05 Aug 2023 | 09:10

ރިޔާސީ އިންތިހާބުގައި ރަށްވެހިވެފައިވާ ރަށް ނޫން އެހެން ރަށެއްގައި ވޯޓުލާނަމަ ރީ ރަޖިސްޓްރީ ކުރުމަށް ހުޅުވާލާފައިވާ ފުރުސަތު މިއަދު ހަވީރު 4:00ގެ ނިޔަލަށް ހަމަވާނެ ކަން އިލެކްޝަންސް ކޮމިޝަނުން ހަނދުމަކޮށްދީފިއެވެ.

އެގޮތުން އިލެކްޝަންސް ކޮމިޝަންގެ ނައިބު ރައީސް އިސްމާއިލް ހަބީބް ވިދާޅުވީ ‏ރަށްވެހިވެފައިވާ ރަށްނޫން، އެހެން ތަނެއްގައި ވޯޓުލުމަށް، ރީ-ރަޖިސްޓްރޭޝަނަށް ހުޅުވާލި މުއްދަތު މިއަދު ހަމަވާނެ ކަމަށާއި ރީ-ރަޖިސްޓްރޭޝަންގެ މުއްދަތު، އިލެކްޝަންސް ކޮމިޝަނުން، ދެން އިތުރު ނުކުރާނެ ކަމަށެވެ.

“ވީމާ، ވޯޓުދިނުމުގެ ޙައްޤު ލިބިފައިވާ ކޮންމެ ބޭފުޅަކުވެސް، 1414 އަށް ގުޅުއްވައިގެން ނުވަތަ މެސެޖް ކުރައްވައިގެން، އެ ބޭފުޅަކު މިހާރު ރަޖިސްޓަރީ ވެފައިވާ ތަން ޗެކް ކުރެއްވުން އެދެން. މިހާރު ރަޖިސްޓަރީ ވެފައިވަނީ، ވޯޓުލާ ދުވަހު ހުންނަވާ ރަށް، ނޫންކަމަށްވާނަމަ، ވޯޓުލައްވަން ބޭނުންފުޅުވާ ތަނަކަށް، އަވަހަށް ރީ-ރަޖިސްޓްރީ ކުރައްވާ. ދެވަނަ ފުރުސަތެއް ލިބިވަޑައި ނުގަންނަވާނެ ކަމަށް ބައްލަވާ. ރީ-ރަޖިސްޓްރޭޝަނަށް،  އިތުރު މުއްދަތު ދެވެންނެތީ، އިންތިހާބުގެ މަސައްކަތްތަކުގެ އިންތިޒާމުތަކަށް، ބުރޫއަރާނެތީ” .

އިސްމާއިލް ހަބީބް، އިލެކްޝަންސް ކޮމިޝަންގެ ނައިބު ރައީސް

އެހެން ނަމަވެސް މިހާރު ރަޖިސްޓްރީކޮށްފައިވާ ތަނުގައި، ވޯޓުފޮށްޓެއް ނުބެހެއްޓޭ ޙާލަތުގައި، އެފަދަ ފަރާތްތަކަށް ދެވަނަ ފުރުސަތެއް، ލިބިވަޑައިގަންނަވާނެކަމަށާއި  އެގޮތަށް ދިމާވާނީ، ރާއްޖޭން ބޭރާއި ރިސޯޓްތަކަށް ރީ-ރަޖިސްޓްރީ ކުރައްވާފައިވާ ބޭފުޅުންނަށްކަމުގައިވެސް ހަބީބް ވިދާޅުވިއެވެ.

އެންމެ ފަހުވަގުތަށް މަޑުނުކުރައްވާ، ރީ-ރަޖިސްޓްރީ ގެ ކަންތައްތައް ނިންމެވުމަށް، ހުރިހާ ބޭފުޅުންނަށް އަދި ކެންޑިޑޭޓުންނަށާއި، ސިޔާސީ ޕާޓީތަކަށް، އީސީ އިން އިލްތިމާސް ކުރެއެވެ.

މިހާރު ރަޖިސްޓަރީ ކުރެވިފައިވާ ތަން ޗެކްކޮށް ލެއްވުމަށް، ވީއާރު

ޖެއްސެވުމަށްފަހު، އައިޑެންޓިޓީ ކާޑުގެ ނަންބަރު ޖައްސަވާ 1414 އަށް އެސްއެމްއެސް ކޮށްލައްވާ!

VR space ID to 1414

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް