މަރުވަމުން ދިޔަ އަނބިމީހާ އެންމެ ފަހުގެ އެދުން އަޑުއިވުމަށްފަހު ފިރިމީހާގެ ހިތް ކުދިކުދިވެއްޖެއެވެ.
ނަން ހާމަނުކޮށް ބޭރުގެ މީޑިޔާތަކުގައި ރިޕޯޓު ކޮށްފައިވާ ގޮތުގައި، އެކުގައި 10 އަހަރު އުޅުނު ދެމަފިރިންގެ ތެރެއިން އަނބިމީހާގެ ގައިގައި ހުރި ބައްޔެއްގެ ސަބަބުން އޭނާ ދިރި ހުންނާނެ ކަމަށް ޑޮކްޓަރުން ބުނެފައި ވަނީ ނުވަ މަހެއްހާ ދުވަހުއެވެ.
އެކަން އެނގުމާއެކު އަނބިމީހާގެ ފަހުގެ އެދުން އަހާފައި ފިރިމީހާ ގޮތް ހުސްވިއެވެ. އަދި އެ ވާހަކަ ހިއްސާކުރާނީ ކާކާ ކަމެއްވެސް ނޭނގުނެވެ.
މީޑިޔާއަށް މައުލޫމާތު ދެމުން ފިރިމީހާ ބުނެފައި ވަނީ، އޭނާގެ އަންހެނުންނާ ނުލާ ވޭތުކުރި ދުވަސްތައް ހަނދާންވެސް ނެތް ކަމަށާއި އަނބިމީހާ މަރުވުމުން ދެން ކުރާނެ ކަމެއްވެސް ނޭނގޭ ކަމަށެވެ.
އަނބިމީހާގެ ފަހު ދުވަސްތަކުގައި ވީ އެންމެ ފުރިހަމަޔަކަށް ހިދުމަތް ކޮށްދީ، އެދުނު ހުރިހާ އެދުމެއް ފުރިހަމަ ކޮށްދޭން ފިރިމީހާ ހުރީ ތައްޔާރަށެވެ.
ޑޮކްޓަރުން ބުނެފައިވާ ގޮތުގައި، ބަލީގެ ސަބަބުން ފުރަތަމަ ހަތަރެއް ނޫނީ ފަސް މަށް ދުވަހު އަންހެން މީހާ އިންނަން ޖެހޭނީ ގޮނޑީގައެވެ. އަދި އަށް ވަރަކަށް މަސް ވާއިރު އެނދުމަތި ކޮށްގެން ގެންގުޅެން ޖެހޭނެއެވެ. އަދި ފަހު ދުވަސްތައް ހޭދަވާނީ އެގޮތުގައެވެ.
އަނބިމީހާގެ ހުރިހާ ހުވަފެނެއް ހަގީގަތަކަށް ހަދައިދޭން ތައްޔާރަށް ހުރި ފިރިމީހާ ކައިރިން އެނބިމީހާ އެދުނީ، ކުރީގެ ފިރިމީހާ އާއެކު ނިދާލަން ދިއުމުގެ ހުއްދައަކަށެވެ.
ފިރިމީހާ ބުނެފައިވާ ގޮތުގައި އޭނާއަށް އަށް ދެ ގޮތުގެ ތެރެއިން އެއް ގޮތަކީ، އެކަމާ ނުރުހި. މަރުވަމުންދާ އަނބިމީހާ އެދުނު ގޮތަށް ކަންތައް ކޮށް ނުދިނުމެވެ. އަނެއް ގޮތަކީ އަމިއްލަ އަނބިމީހާ އެހެން ފިރިހެނަކާއެކު ގުޅުން ހިންގަން ރުހިގެން ދޫކޮށްލުމެވެ.
އެހެންކަމުން އެކަމުގައި ފިރިމީހާ ހުރީ ހަދާނެ ގޮތެއް ނުނިންމިފައެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް