ޖަރުމަން ބުންޑެސް ލީގާއާއި އިނގިރޭސި ޕްރިމިއަރ ލީގުގެ ކުޅުން މިރޭ ފަށާނެ

ޔޫރަޕުގެ އެންމެ ވަރުގަދަ އަދި އެންމެ ފޯރިގަދަ ފުޓްބޯޅަ ލީގުތަކުގެ ތެރޭގައި ހިމެނޭ ޖަރުމަން ބުންޑެސްލީގާ އާއި އިނގިރޭސި ޕްރިމިއާ ލީގުގެ އައު ސީޒަނުގެ ކުޅުން މިރޭ ފަށާނެއެވެ. ބަޔާން މިޔުނިކް އަދި އެއިން...

05 Aug 2022 | 16:30

ޔޫރަޕުގެ އެންމެ ވަރުގަދަ އަދި އެންމެ ފޯރިގަދަ ފުޓްބޯޅަ ލީގުތަކުގެ ތެރޭގައި ހިމެނޭ ޖަރުމަން ބުންޑެސްލީގާ އާއި އިނގިރޭސި ޕްރިމިއާ ލީގުގެ އައު ސީޒަނުގެ ކުޅުން މިރޭ ފަށާނެއެވެ.

ބަޔާން މިޔުނިކް އަދި އެއިންޓްރެޗް ފްރެންކްފަޓް ބައްދަލުކުރާ މެޗުން ޖަރުމަން ލީގުގެ ކުޅުން ފެށުމަށް ހަމަޖެހިފައިވާއިރު، އިނގިރޭސި ޕްރިމިއާ ލީގު ފަށާނީ އާސެނަލް އަދި ކްރިސްޓަލް ޕެލަސް ބައްދަލުކުރާ މެޗުންނެވެ.

ބަޔާން އަދި ފްރެންކްފަޓް ބައްދަލުކުރާ މެޗު ފަށާނީ މިރޭ ރާއްޖޭ ގަޑިން 11:30 ގައެވެ. އަދި ޕްރިމިއާ ލީގުގައި އާސެނަލް އަދި ކްރިސްޓަލް ޕެލަސް ބައްދަލުކުރާ މެޗު ފަށާނީ މިރޭ ރާއްޖޭ ގަޑިން ދަންވަރު 12 ޖަހާއިރުގައެވެ.

މި ދެ ގައުމުގެ ލީގުތަކުގ އިތުރުން ފެރެންޗް ލީގު (ލީގާ1) ގެ ކުޅުންވެސް މިރޭ ފަށާނެއެވެ. މިރޭ ރާއްޖޭ ގަޑިން ދަންވަރު 12 ޖަހާއިރު، ލިޔޯން އަދި އޭސީ އަޖަކްސިއޯ ބައްދަލުކުރާ މެޗުން ފްރެންޗް ލީގު ފެށިގެންދާނެއެވެ. މީގެ އިތުރުން ޕޯޗުގަލް ޕްރިމެރާ ލީގުގެ ކުޅުންވެސް މިރޭ ދަންވަރު ރާއްޖޭ ގަޑިން 12:15 ގައި ފެށޭނެއެވެ. ޕޯޗުގަލް ޕްރިމެރާ ލީގު ފެށިގެން ދާނީ ބެންފީކާ އަދި އަރައުކާ ބައްދަލުކުރާ މެޗުންނެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް