އަލަމްގިރިއާއެކު އެއް ޖިންސުން ގުޅުންހިންގި ޓީޗަރުންނާމެދު ފިޔަވަޅު އަޅައިފިން: އެޑިއުކޭޝަން

ދިވެހި ގިނަ ބަޔަކާއެކު އެއް ޖިންސުން ގުޅުން ހިންގާ އެ މަންޒަރުތައް ވީޑިއޯކޮށް ބައެއް ދިވެހިން ބްލެކްމެއިލް ކުރި މައްސަލައިގާ ހައްޔަރުކޮށްފައިވާ ބަންގްލަދޭޝްގެ ރައްޔިތެއް ކަމަށްވާ އެމްޑީ އަލަމްގީރާއެކު...

05 Aug 2022 | 11:30

ދިވެހި ގިނަ ބަޔަކާއެކު އެއް ޖިންސުން ގުޅުން ހިންގާ އެ މަންޒަރުތައް ވީޑިއޯކޮށް ބައެއް ދިވެހިން ބްލެކްމެއިލް ކުރި މައްސަލައިގާ ހައްޔަރުކޮށްފައިވާ ބަންގްލަދޭޝްގެ ރައްޔިތެއް ކަމަށްވާ އެމްޑީ އަލަމްގީރާއެކު އެއް ޖިންސުން ގުޅުން ހިންގިކަމުގެ ތުހުމަތު ކުރެވޭ ޓީޗަރުންނާއިމެދު ފިޔަވަޅު އަޅާފައިވާކަމަށް އެޑިއުކޭޝަން މިނިސްޓްރީން ބުނެފިއެވެ.

އެ މިނިސްޓްރީން މިހެން ބުނެފައިވަނީ މިކަމާއި ގުޅޭގޮތުން މިއަދު މީޑިއާއަށް މައުލޫމާތު ހިއްސާކުރަމުންނެވެ.

އެގޮތުން އެޑިއުކޭޝަނުން ބުނެފައިވާގޮތުގައި ދިވެހި ފުލުހުންގެ ޚިދުމަތުން ބައްލަވަމުން ގެންދަވާ މައްސަލައަކާ ގުޅިގެން ތުހުމަތު ކުރެވޭ މުދައްރިސުންތަކެއްގެ މަޢުލޫމާތު، އެ ޚިދުމަތުން މި މިނިސްޓްރީއާ ހިއްސާ ކުރުމާ އެކު، އެ ޚިދުމަތުން ފާހަގަ ކުރައްވާފައިވާ މީހުންނާ މެދު މި މިނިސްޓްރީން ވަގުތުން ފިޔަވަޅު އަޅައިފައި ވާނެ ކަމަށެވެ.

"ތުހުމަތު ކުރެވޭ މީހުން ސަސްޕެންޑުކޮށް، މަސައްކަތުގެ މާހައުލުން ވަގުތުން އެކަހެރި ކުރެވިފައިވާ ކަމުގައި ދަންނަވަމެވެ. އަދި، ދިވެހި ފުލުހުންގެ ޚިދުމަތުން ގެންދަވަނީ މި މައްސަލަ އިތުރަށް ތަހުޤީގު ކުރައްވަމުންނެވެ." އެޑިއުކޭޝަނުން ބުނެފައިވެއެވެ.

އެޑިއުކޭޝަނުން ބުނެފައިވާގޮތުގައި ދަރިވަރުންގެ ސަލާމަތާއި ރައްކާތެރިކަމަކީ މި މިނިސްޓްރީން އަބަދުވެސް އެންމެ އިސްކަންދޭ ކަމަށް ވީ ހިނދު، ސްކޫލް މާހައުލަކީ ދަރިވަރުންނަށް ރައްކާތެރި މާހައުލެއް ކަން ކަށަވަރު ކުރުމުގެ ގޮތުން އަޅަން ޖެހޭ އެއްވެސް ފިޔަވަޅެއް އެޅުމުގައި ފަސް ނުޖެހޭނެ ކަމަށެވެ.

އެޑިއުކޭޝަނުން ހަމާކޮށްފައިވާ މައުލޫމާތަށް ބަލާއިރު ފިޔަވަޅު އަޅާފައިވަނީ އެކަކަށްވުރެ ގިނަ ފަރާތްތަކާއިމެދުގައިކަން ފާހަގަކުރެވެއެވެ. މިފަދަ ފިޔަވަޅުތަކެއް އަަޅާފައިވާއިރު ހާއްސަ އެހީއަށް ބޭނުންވާ ކުދިންނަށް ކިޔަވަައިދޭ ދިވެހި ޓީޗަރަކު އެހެން މީހަކާއެކު އަލަމްގީރް ހިމެނޭހެން ޖުމްލަ ތިން މީހުން އެކުގައި އެއް ޖިންސުން ގުޅުން ހިންގާ މަންޒަރު ފެންނަ ވީޑިއޯއެއް ރޭގެ ވަގުތެއްގައި ވަނީ ސޯޝަލް މީޑިއާއަށް ލީކުކޮށްލާފައެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް