ކޮންމެ މުސްލިމަކީ އިސްލާމީ އުޚުއްވަތްތެރިކަމުގެ ހަށިގަނޑުގައި ހިމެނޭ, އެއާ ވަކިނުކުރެވޭނެ ގުނަވަނެއް: ޚުތުބާ

ކޮންމެ މުސްލިމަކީ އިސްލާމީ އުޚުއްވަތްތެރިކަމުގެ ހަށިގަނޑުގައި ހިމެނޭ, އެއާ ވަކިނުކުރެވޭނެ ގުނަވަނެއް ކަމަށް މިއަދުގެ ހުކުރު ޚުތުބާ ގައި ހަނދާންކޮށްދީފިއެވެ. "އިސްލާމީ އަޚުވަންތަކަން" މި މައުޟޫއަށް ކުރ...

05 Aug 2022 | 08:43

ކޮންމެ މުސްލިމަކީ އިސްލާމީ އުޚުއްވަތްތެރިކަމުގެ ހަށިގަނޑުގައި ހިމެނޭ, އެއާ ވަކިނުކުރެވޭނެ ގުނަވަނެއް ކަމަށް މިއަދުގެ ހުކުރު ޚުތުބާ ގައި ހަނދާންކޮށްދީފިއެވެ.

"އިސްލާމީ އަޚުވަންތަކަން" މި މައުޟޫއަށް ކުރިއަށް ގެންދިޔަ ޚުތުބާގައި ބުނީ ދުނިޔޭގެ ކަންކޮޅުތަކުގައި ނިކަމެތި ހާލުގައި ޖެހިފައިވާ އަޚުންނާއި އުޚުތުންގެ މަތިން ހަނދާންކޮށް, އެމީހުންނަށްޓަކައި ހެޔޮ ދުއާކޮށް, އިހްސާންތެރިވާން ޖެހޭނެ ކަމަށެވެ.

ތިމާގެ އަމިއްލަ މަސްލަހަތަށްވުރެ އެހެން މީހުންނަށް އިސްކަންދީ އަޅާލައި އިހުސާންތެރިވުމަކީ މުސްލިމުންގެ މެދުގައި އޮންނަންޖެހޭނެ ގޮތް ކަމަށާއި މާތް الله އިންސާނުން އުފައްދަވާފައި ވަނީ އެއްބަނޑު އެއްބަފާ ބައެއްގެ ގޮތުގައި ކަމަށް ވެސް ޚުތުބާގައި ވަނީ ހަނދާން ކޮށްދީފައެވެ. އަދި އެކަކު އަނެކެއްގެ އެހީތެރިކަމާއި މަދަދަށް ބޭނުންވާ ގޮތަށް ކަމަށް ވެސް ހަނދާން ކޮށްދީފައިވެއެވެ.

އެހެންކަމުން ކޮންމެ އިންސާނަކީ ވެސް އަނެކުންގެ އެހީތެރިކަމާއި އަޅައިލުން ބޭނުންވާނެ މީހެއް ކަމަށާއި މުސީބާތާއި ތަކުލީފުގެ ވަގުތުގައި އެހެން މީހުންނަށް އެހީތެރިވެ ހަމްދަރުދީ ވާންޖެހޭނެ ކަމަށް ވެސް ބުނެފައިވެއެވެ. އެއީ އަހަރެމެންގެ މައްޗަށް ވާޖިބު ވެގެންވާ ކަމެއް ކަމަށާއި އެއީ މުއުމިނުންގެ ސިފައެއް އަދި އީމާންކަން ފުރިހަމަވުމުގެ ރަމްޒެއް ކަމަށް ވެސް ބުންޏެވެ.

"ކޮންމެ މުސްލިމަކީ އިސްލާމީ އުޚުއްވަތްތެރިކަމުގެ ހަށިގަނޑުގައި ހިމެނޭ, އެއާ ވަކިނުކުރެވޭނެ ގުނަވަނެއް. އެ ހަށިގަނޑު އުފުލަންޖެހޭ ކޮންމެ ތަކުލީފަކާއި ކޮންމެ ވޭނެއް އެ ހަށިގަނޑުގެ ހުރިހާ ގުނަވަންތައް ހިއްސާކުރަންޖެހޭ." ޚުތުބާގައި ބުންޏެވެ.

އިސްލާމް ދީނުގައި އެއްބައިވަންތަކަމަށް ވަރަށް ބޮޑަށް ބާރުއަޅުއްވާފައިވާކަން ފާހަގަކޮށް ހުތުބާގައި އިތުރަށް ބުނީ, ބައިބައި ނުވެ, އެއްބަޔަކީ އަނެއް ބަޔަކު ދެކެ ލޯބިވާ އަހުންތަކެއްގެ ގޮތުގައި އުޅުމަށް މާތް الله މުއުމިނުންނަށް އަންގަވާފައިވާ ކަމަށެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް