ދިވެހި ގިނަ ފިރިހެނުންތަކަކާއެކު އެއްޖިންސުން ގުޅުން ހިންގައި އެ މަންޒަރު ވީޑިއޯކޮށް ބައެއް މީހުން ބްލެކްމެއިލް ކުރި މައްސަލައިގާ ހައްޔަރުކޮށްފައިވާ ބަންގްލަދޭޝް އަށް ނިސްބަތްވާ އަލަމްގީރާއެކު ދެ ފިރިހެނަކު އެކުގައި އެއް ޖިިންސުން ގުޅުން ހިންގާ ވީޑިއޯއެއް ސޯޝަލް މީޑިއާގައި ލީކުކޮށްލައިފިއެވެ.
ރޭގެ ދަންވަރު ވަގުތެއްގައި ސޯޝަލް މީޑިއާއަށް ލީކުކޮށްލާފައިވާ އެ ވީޑިއޯ ބެލި ބައެއް ފަރާތްތަކުން ބުނެފައިވާގޮތުގައި ދެ ކްލިޕެއް ވަނީ ލީކުކޮށްލާފައެވެ. އެއީ މިނެޓެއް ވަރުގެ ވީޑިއޯއަކާއި ފަސް ވަރަކަށް މިނެޓުގެ ވީޑީއޯއެކެވެ.
މި ވީޑިއޯވެސް ނަގާފައިވަނީ ހަމަ ކުރިންވެސް މަންޒަރުތައް ފެނުނު ކޮޓަރީގައި ކަމާއި ހަމަ އެ އެނދުގައި ކަމާއި އެ އެނދުން ފެންނަން އޮންނަ ކަންނެޔޮވެސް ސާފުކޮށް ފެންނަން އޮތް އިރު ވީޑިއޯއިން އަލަމްގީރުގެ މޫނާއި އިތުރު އެކެއްގެ މޫނު ސާފުކޮށް ފެންނަކަމަށްވެސް މި ވީޑިއޯ ބެލި ބައެއް ފަރާތްތަކުން ބުނެއެވެ.
ސޯޝަލް މީޑިއާގައި މި ވީޑިއޯއާއި ގުޅޭގޮތުން ދައުރުވަމުންދާ، ކަށަވަރު ނުކުރެވޭ ބައެއް މައުލޫމާތުތަކަށް ބަލާއިރު އެ ވީޑީއޯއިން ފެންނަ އެކަކީ މާލޭގައި ހިންގަމުން އަންނަ ސްކޫލެއްގައި ހާއްސަ އެހީއަށް ބޭނުންވާ ކުދިންނަށް ކިޔަވައިދޭ ދިވެހި ޓީޗަރެކެވެ.
މި ވީޑިއޯއާއި ގުޅިގެން ފުލުހުން އަދި އެއްވެސް އެއްޗެއް ނުބުނެއެވެ. އަދި މި ފަހުން އަލަމްގީރްގެ މި ކޭސްއާއި ގުޅޭގޮތުންވެސް މާ ގިނަ މައުލޫމާތެއް ހާމަކޮށްފައެއް ނުވެއެވެ. އަލަމްގީރާ ގުޅޭ މައްސަލައިގާ މިހާތަނަށް އަލަމްގީރްގެ އިތުރުން ތިން މީހަކު ހައްޔަރުކޮށް ބަންދަށް މުއްދަތު ވަނީ ޖަހާފައެވެ. އެއީ ކާނަލް ނަޝީދާއި ގާނޫނީ ވަކީލު ނާޒިމް ސައްތާރުގެ އިތުރުން ފުލުހުންގެ ވަޒީފާ އަދާކުރި ފަރާތެކެވެ. މީގެ އިތުރުން އެއް ޖިންސުން ގުޅުން ހިންގާ މަންޒަރު ފެންނަ އެެހެން ވީޑިއޯއަކާއި ގުޅިގެން ނޫސްވެރިޔާ ނަސީރުވެސް ވަނީ ހައްޔަރުކޮށް ބަންދަށް މުއްދަތު ޖަހާފައެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް