"ދަރިވަރުންނަށް ރައްކާތެރިކަން" ނަމުގައި ތައުލީމީ ދާއިރާއަށް ހާއްސަ ވެކްސިން ކެމްޕެއިނެއް

އެޑިއުކޭޝަން މިނިސްޓްރީ އާއި ސްކޫލްތައް ގުޅިގެން ތައުލީމީ ދާއިރާގެ މުވައްޒަފުން ކޯވިޑް-19 ވެކްސިން ޖެހުމަށް ހާއްސަ ކެމްޕެއިނެއް ފަށައިފި އެވެ. "ދަރިވަރުންނަށް ރައްކާތެރިކަން"" ނަމުގައި ފެށި މި ކެމްޕެއ...

05 Aug 2021 | 17:08

އެޑިއުކޭޝަން މިނިސްޓްރީ އާއި ސްކޫލްތައް ގުޅިގެން ތައުލީމީ ދާއިރާގެ މުވައްޒަފުން ކޯވިޑް-19 ވެކްސިން ޖެހުމަށް ހާއްސަ ކެމްޕެއިނެއް ފަށައިފި އެވެ.

"ދަރިވަރުންނަށް ރައްކާތެރިކަން"" ނަމުގައި ފެށި މި ކެމްޕެއިނަކީ ކިޔެވުން މެދު ނުކެނޑި ކުރިޔަށް ގެންދިއުމަށް ވެކްސިންގެ ޑޯޒުތައް ފުރިހަމަ ކުރުމަށް ބާރު އެޅުމަށް ފެށި ކެމްޕެއިނެކެވެ. މި ކެމްޕެއިންގެ ތެރެއިން ސްކޫލްތަކުގައި މަސައްކަތް ކުރާ މުވައްޒަފުންނާއި ޓީޗަރުން ކޯވިޑް ވެކްސިންގެ ދެ ޑޯޑު ފުރިހަމަ ކޮށްފައިވޭތީ ކަށަވަރު ކޮށް ނުޖަހާ ފަރާތްތަކަށް އެކަމަށް ބާރުއަޅާނެ އެވެ.

އެ މިނިސްޓްރީން ބުނީ މި ކެމްޕެއިންގައި ކޯވިޑް-19އިން ރައްކާތެރިވުމަށް ވެކްސިން ޖެހުމުގެ މުހިއްމުކަމާ ގުޅޭ މަޢުލޫމާތު ޓީޗަރުންނާއި، ތަޢުލީމީ ދާއިރާގެ މުއައްޒަފުން މެދުވެރިކޮށް ދެވޭނެއެވެ. މި ކެމްޕެއިން ސްކޫލްތަކުގައާއި ސޯޝަލް މީޑިއާ މެދުވެރިކޮށް ކުރިއަށްދާނެއެވެ.

ދަރިވަރުންގެ ކިޔެވުން މެދުނުކެނޑި ކުރިއަށް ގެންދިއުމަށްޓަކައި، ދަރިވަރުންނާއި ގުޅުންހުރި ހުރިހާ ފަރާތްތަކަކީވެސް ކޯވިޑް-19 އިން ރައްކާތެރި ވުމަށް، ވެކްސިންގެ ޑޯޒްތައް ފުރިހަމަކޮށްފައިވާ ފަރާތްތަކަށް ހެދުމުގެ ގޮތުން އެޑިއުކޭޝަން ދާއިރާގެ ގިނަ އަދަދެއްގެ މުއައްޒަފުން މިހާރުވެސް ވަނީ ވެކްސިން ފުރިހަމަ ކޮށްފައެވެ.

އަދި ދަރިވަރުންގެ ރައްކާތެރިކަން ކަށަވަރު ކުރުމުގެ ގޮތުން ސްކޫލްތަކުގައި ވަނީ ހަރުދަނާ ފިޔަވަޅު ތަކެއް އަޅާފައެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް