ސްކޫލްތަކުގައި ކިޔަވާ ދަރިވަރުންނަށް ކޯވިޑް ވެކްސިން ދިނުމުގެ އިންތިޒާމްތައް ހަމަޖައްސާނީ ސްކޫލްތަކުން ކަމަށް ހެލްތް ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ބުނެފި އެވެ.
ރާއްޖޭގައި އުމުރުން12 އަހަރާއި17 އަހަރާއި ދެމެދުގެ ކުދިންނަށް ކޯވިޑް-19 އިން ދިފާއުވުމަށް ފައިޒާ ވެކްސިން ޖަހަން ފަށަން ވަނީ ނިންމާފަ އެވެ. ވެކްސިން މިމަހު ލިބޭ އިރު ސިރިންޖާއި އެނޫން އިންތިޒާމްތައް ހަމަޖެހޭހާ އަވަހަކަށް ވެކްސިން ޖަހަން ފަށާ ތާރީހު އިއުލާނު ކުރާނެ އެވެ.
އެޗްއީއޯސީގެ ތަރުޖަމާނު ޑރ. ފާތިމަތު ނަޒްލާ ރަފީގު ވިދާޅުވީ ފައިޒާ ވެކްސިން ޖަހާ ސްކޫލް ދަރިވަރުންނަށް ވެކްސިން ދިނުމުގެ ކަންކަން އިންތިޒާމް ކުރެވިފައިވަނީ އެޑިއުކޭޝަން މިނިސްޓްރީ އާއި ގުޅިގެން ސްކޫލްތަކުން ކުރިޔަށް ގެންދާށެވެ. އެގޮތުން މާލޭގައި އެޗްޕީއޭއާއި ގުޅިގެން ސްކޫލް ދަރިވަރުން ވެކްސިން ސެންޓަރުތަކަށް ގެންދާނީ އެ ސްކޫލެއްގެ ބެލުމުގެ ދަށުން ކަމަށް ޑރ. ނަޒްލާ ވިދާޅުވި އެވެ.
އަތޮޅުތެރޭގައިވެސް އަމަލު ކުރަމުންދާނީ މި އުސޫލުން ކަމަށް ވިދާޅުވި އެވެ.
(ތަފްސީލް އަންނަނީ)
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް