ވެކްސިން ނުޖަހާ މީހުން ކަރަންޓީން ނިމުމުން ޓެސްޓު ކުރަން ފައިސާ ދައްކަން ޖެހޭގޮތް ހަދަނީ

ކޯވިޑް-19 ވެކްސިން ނުޖަހާ މީހުން ދަތުރު ކުރުމަށް ފަހު ކަރަންޓީން ނިމުމުން ނަގާ ރިލީޒް ސާމްޕަލް ނަގަން ފައިސާ ދައްކަން ޖެހޭ ގޮތް ހަދަން ނިންމައިފި އެވެ. ނޫސްވެރިންނަށް މައުލޫމާތު ދެއްވަމުން އެޗްއީއޯސީގ...

05 Aug 2021 | 12:56

ކޯވިޑް-19 ވެކްސިން ނުޖަހާ މީހުން ދަތުރު ކުރުމަށް ފަހު ކަރަންޓީން ނިމުމުން ނަގާ ރިލީޒް ސާމްޕަލް ނަގަން ފައިސާ ދައްކަން ޖެހޭ ގޮތް ހަދަން ނިންމައިފި އެވެ.

ނޫސްވެރިންނަށް މައުލޫމާތު ދެއްވަމުން އެޗްއީއޯސީގެ ތަރުޖަމާނު ޑރ. ފާތިމަތު ނަޒްލާ ރަފީގު ވިދާޅުވީ މި އުސޫލަށް އަމަލު ކުރަން ފަށާނީ އަންނަ މަހުގެ އެއް ވަނަ ދުވަހުން ފެށިގެންނެވެ. މިގޮތަށް ނިންމީ ވެކްސިން ޖެހުމަށް ބާރު އެޅުމުގެ ގޮތުން ކަމަށް ވިދާޅުވި އެވެ.

ޑރ. ނަޒްލާ ވިދާޅުވީ މިމަހުގެ ނިޔަލަށް ވެކްސިން ޖަހަންޖެހޭ އާބާދީގެ 90 ޕަސެންޓަށް ވެކްސިން ދެވޭނެ ކަމުގެ ޔަގީންކަން އެބައޮތް ކަމަށެވެ އޭގެ ފަހުން ވެކްސިންގެ އެއްވެސް ޑޯޒެއް ނުޖަހާ ތިބޭނީ އަމިއްލަ އިހުތިޔާރުގައި ނުޖަހަން ތިބި މީހުން ކަމަށް އެޗްޕީއޭއިން ގަބޫލު ކުރެ އެވެ.

ރާއްޖޭގައި ކޯވިޑް-19 ވެކްސިން ޖެހުމަކީ މަޖުބޫރު ކަމެއް ނޫނެނެވެ. އެކަމަކު އެހެން މީހުންނަށް ބަލި ޖެހުމުގެ ފުރުސަތު ކުޑަކުރުމަށް ހުރިހާ އެންމެން ވެކްސިން ޖެހުމަށް އެޗްޕީއޭއިން އިލްތިމާސް ކުރެ އެވެ.

ސަރުކާރުން ވަނީ ކުރިޔަށް އޮތްތާ ވެކްސިން ޖަހާފައިވާ މީހުންނަށް ހިދުމަތް ދިނުމުގައި އިތުރު ލުއިތަކާއި ފަސޭހަ އިންތިޒާމްތަކެއް ހަމަޖެއްސުމަށް ދަނީ މަސައްކަތް ކުރަމުންނެވެ.

ދުނިޔޭގެ ގިނަ ގައުމުތަކުގައި މިހާރު ދަނީ މި އުސޫލުން އަމަލު ކުރަން ފަށަމުންނެވެ. އެގޮތުން ސަރުކާރާއި އާންމު ތަންތަނުން ހިދުމަތް ހޯދުމަށް ކޯވިޑް ވެކްސިން ކާޑު ދައްކަން ޖެހޭ ގޮތަށް ދަނީ ހަދަމުންނެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް