ކޯވިޑް-19 ކޮންޓްރޯލް ކުރުމަށް އަޅާފައިވާ ގިނަ ފިޔަވަޅުތަކަކަށް އިތުރު ލުއި ދީފި އެވެ.
ނޫސްވެރިންނަށް މައުލޫމާތު ދެއްވަމުން އެޗްއީއޯސީގެ ތަރުޖަމާނު ޑރ. ފާތިމަތު ނަޒްލާ ރަފީގު ވިދާޅުވީ މިފަހަރު ދޭން ނިންމާފައިވާ ލުއިތަކާއި އެކު ކޯވިޑާއި ގުޅިގެން އަޅާފައިވާ ފިޔަވަޅުތަކަށް ގާތްގަނޑަކަށް ކޯވިޑްގެ ހުރިހާ ފިޔަވަޅަކަށް ލުއި ދެވުނީ ކަމަށެވެ.
ލުއިދޭން ނިންމާފައިވާ ކަންކަމުގެ ތެރޭގައި
އޮފީސްތަކަށް މުައްޒަފުން ނިކުމެގެން ހިދުމަތް ދިނުން
ޔުނިވާސިޓީ ކޮލެޖުތަކަށް ދަރިވަރުން ހާޒިރުވެގެން ކިޔަވައިދިނުން
ރެސްޓޯރެންޓު/ ކެފޭ ތަކުގައި އާންމު އުސޫލުން ހިދުމަތް ދެވުން
ގިނަ މީހުންނަށް ބައިވެރިވެވޭގޮތަށް ކައިވެނި ހަފްލާތަކާއި ޕާޓީތައް ބޭއްވުން
މި ފިޔަވަޅުތަކަށް ލުއިދޭން ނިންމާފައިވަނީ މާދަމާއިން ފެށިގެންނެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް