އިމިގްރޭޝަންގެ ހުރިހާ ބޯޑާ އޮފިސަރުން ކޯވިޑް-19 ވެކްސިން ފުރިހަމަ ކޮށްފި

އެއާޕޯޓުގައި މަސައްކަތްކުރާ އިމިގްރޭޝަންގެ ހުރިހާ ބޯޑާ އޮފިސަރުން ކޯވިޑް-19 ގެ ވެކްސިން ފުރިހަމަ ކޮށްފައިވާ ކަމަށް އިމިގްރޭޝަނުން މިއަދު ބުނެފި އެވެ. އިމިގްރޭޝަންގެ ކޮންޓްރޯލާ މުހައްމަދު އަންވަރު (ހަނ...

05 Aug 2021 | 12:04

އެއާޕޯޓުގައި މަސައްކަތްކުރާ އިމިގްރޭޝަންގެ ހުރިހާ ބޯޑާ އޮފިސަރުން ކޯވިޑް-19 ގެ ވެކްސިން ފުރިހަމަ ކޮށްފައިވާ ކަމަށް އިމިގްރޭޝަނުން މިއަދު ބުނެފި އެވެ.

އިމިގްރޭޝަންގެ ކޮންޓްރޯލާ މުހައްމަދު އަންވަރު (ހަނަފީ) ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ އިމިގްރޭޝަންގެ ބޯޑާ އޮފިސަރުންގެ 100 ޕަސެންޓް މީހުން ކޯވިޑް ވެކްސިން ފުރިހަމަކޮށްފައިވާ ކަމަށެވެ. އޭނާ ވިދާޅުވީ މިއީ ކާމިޔާބީއެއް ކަމަށާއި އެކަމާ އުފާކުރައްވާ ކަމެއް ކަމަށެވެ.

އިތުރަށް ވިދާޅުވީ ހުރިހާ ބޯޑާ އޮފިސަރުންނަށް ވެކްސިން ދެވުމުން އެތައް ހާސް ފަސިންޖަރުންގެ ރައްކާތެރިކަން ކަށަވަރު ކު

https://twitter.com/ImmigrationMV/status/1423207381731737601

ވެކްސިންގެ އެއްވެސް ޑޯޒެއް ފުރިހަމަކޮށްފައި ނުވާ ސަރުކާރުގެ މުވައްޒަފުން މި މަހު 15 ގެ ނިޔަލަށް ވެކްސިން ފުރަތަމަ ޑޯޒް ޖަހަން ޖަހަން ވަނީ ރައީސް އޮފީހުން އަންގައިފަ އެވެ. ދެ ވަނަ ޑޯޒު ފުރިހަމަ ކުރަންޖެހޭ މުއްދަތުގައި ދެވަނަ ޑޯޒު ޖެހުމަށް އެދިފައި ވެ އެވެ.

އަދި ވެކްސިން ޖެހުން ރައްކާތެރި ނޫން ކަމަށް ޑޮކްޓަރުން ވަގުތީ ގޮތުން ލަފާ ދީފައިވާ މުވައްޒަފުން ވެސް، އެ މުއްދަތު ހަމަވުމުން އަވަހަށް ވެކްސިން ފުރިހަމަ ކުރުމަށް އަންގާފައި ވެ އެވެ.

ސަރުކާރުން ވަނީ ރާއްޖޭގެ އެންމެންނަށް ކޮވިޑް ވެކްސިން ޖެހުމުގެ ކެމްޕެއިނެއް މިދިޔަ ހޮނިހިރު ދުވަހު ފަށައިފަ އެވެ. އެޗްޕީއޭގެ އަމާޒަކީ މިމަހުގެ ނިޔަލަށް ވެކްސިން ޖަހަން ޖެހޭ އާބާދީގެ 90 ޕަސެންޓު މީހުންނަށް ވެކްސިން ދިނުމެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް