މާލޭ ސިޓީގެ އަންހެނުންގެ ތަރައްގީއަށް މަސައްކަތް ކުރާ ކޮމިޓީ (ޑަބްލިއުޑީސީ) މެމްބަރުންނާއި ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ފަޒްނާ އަހުމަދު ބައްދަލު ކުރައްވައިފި އެވެ.
މި ބައްދަލުވުން އޮތީ މުލިއާގޭގައި އެވެ.
ރައީސް އޮފީހުން ބުނީ މިބައްދަލުކުރެއްވުމަކީ މާލޭ ސިޓީގެ އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީގެ މެމްބަރުންގެ އެދުމުގެމަތިން ބޭއްވި ބައްދަލު ކުރެއްވުމެއް ކަމަށެވެ.
މިބައްދަލުވުމުގައި ޑަބްލިއުޑީސީގެ މެމްބަރުންގެ ކަންބޮޑުވުންތައް އަޑުއައްސަވައި، އެ ކަންބޮޑުވުންތަކާ ބެހޭގޮތުން ފަސްޓްލޭޑީއާ މަޝްވަރާ ކުރައްވާފައިވާ ކަމަށް ރައީސް އޮފީހުން މައުލޫމާތު ދެއެވެ.
އެކަމަކު މަޝްވަރާ ކުރެވުނު ކަންކަމާއި ގުޅޭ ތަފްސީލެއް ރައީސް އޮފީހުން ހާމައެއް ނުކުރެއެވެ.
https://twitter.com/presidencymv/status/1422836237014945799
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް