ޖާބިރުގެ ޕާސްޕޯޓު ދޫކޮށްލުމާއި އެކު ރާއްޖެއިން ފުރާވަޑައިގެންފި

ކާށިދޫ ދާއިރާގެ މެމްބަރު އަބްދުﷲ ޖާބިރުގެ ޕާސްޕޯޓު ދޫކޮށްލުމާއި އެކު ރާއްޖެއިން ބޭރަށް ފުރާވަޑައިގެންފި އެވެ. ޖާބިރުގެ ޕާސްޕޯޓު ހިފެހެއްޓީ ސިވިލް ކޯޓުން ބަލަމުންދާ މައްސަލަ އަކާއި ގުޅިގެން މިދިޔަ އަން...

05 Aug 2021 | 09:34

ކާށިދޫ ދާއިރާގެ މެމްބަރު އަބްދުﷲ ޖާބިރުގެ ޕާސްޕޯޓު ދޫކޮށްލުމާއި އެކު ރާއްޖެއިން ބޭރަށް ފުރާވަޑައިގެންފި އެވެ.

ޖާބިރުގެ ޕާސްޕޯޓު ހިފެހެއްޓީ ސިވިލް ކޯޓުން ބަލަމުންދާ މައްސަލަ އަކާއި ގުޅިގެން މިދިޔަ އަންގާރަ ދުވަހު އެވެ. އެއީ ސީދާ ކޮން މައްސަލައެއް ކަމެއް ސާފެއް ނުވެ އެވެ.

އިމިގްރޭޝަން ކޮންޓްރޯލަރު މުހައްމަދު އަހުމަދު ހުސައިން (ހަނަފީ) މީޑިއާގައި ވިދާޅުވީ ޖާބިރުގެ ޕާސްޕޯޓު ދޫކޮށްލީ މިއަދު ކަމަށެވެ. އަދި ޕާސްޕޯޓު ދޫކޮށްލީ ވަގުތީގޮތުން އެއް މަސްދުވަހުގެ މުއްދަތަށް ކަމަށް ވިދާޅުވެފައިވެ އެވެ.

ރިޕޯޓުތައް ބުނާގޮތުގައި ޕާސްޕޯޓު ދޫކޮށްލުމާއި އެކު ޖާބިރު ވަނީ ރާއްޖެއިން ފުރާވަޑައިގެންފަ އެވެ. އޭނާ ވަޑައިގެންނެވި ކަމަށް ވަނީ އެމެރިކާގެ ނިއުޔޯކަށެވެ.

ޖާބިރު ވަނީ ޕާސްޕޯޓު ހިފެހެއްޓިފަހުން މިދިޔަ ދެ ދުވަހު ހިތްހަމަ ނުޖެހުން ފާޅުކޮށް ގިނަ ކަންތައްތަކެއް ކުރައްވާފަ އެވެ. އެގޮތުން މަޖިލީހުގެ އިދާރާ ކައިރީގައި އޮށޯވެ އޮވެގެން އިހުތިޖާޖު ކުރި އިރު އިއްޔެ ވަނީ ކުރީގެ ރައީސް މައުމޫން އަބްދުލް ގައްޔޫމްގެ ގެކޮޅު މއ. ކިނބިގަސްދޮށުގޭ ކައިރިއަށް ގޮސް އެ ގެއާއި ހަވާލުވެފައިވާ ކަމަށް ވިދާޅުވެފައި އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް