އިދާރީ މުވައްޒަފަކު ޖާބިރަށް "ލޮލީ ޖާބިރު" ނަމުން ނިސްބަތްކޮށް ނުގޮވާ: މަޖިލީސް

ރައްޔިތުންގެ މަޖިލީހުގެ އިދާރީ މުވައްޒަފަކު ކާށިދޫ ދާއިރާގެ މެންބަރު އަބްދުﷲ ޖާބިރަށް "ލޮލީ ޖާބިރު" ނަމުން ނިސްބަތްކޮށް ގޮވާފައި ނުވާ ކަމަށް މަޖިލީހުގެ އިދާރާއިން ބުނެފިއެވެ. ޖާބިރު އަށް "ލޮލީ ޖާބިރު"...

05 Aug 2021 | 08:57

ރައްޔިތުންގެ މަޖިލީހުގެ އިދާރީ މުވައްޒަފަކު ކާށިދޫ ދާއިރާގެ މެންބަރު އަބްދުﷲ ޖާބިރަށް "ލޮލީ ޖާބިރު" ނަމުން ނިސްބަތްކޮށް ގޮވާފައި ނުވާ ކަމަށް މަޖިލީހުގެ އިދާރާއިން ބުނެފިއެވެ.

ޖާބިރު އަށް "ލޮލީ ޖާބިރު" ގެ ނަމުން މުހާތަބު ކުރީ މަޖިލީހުގެ އިދާރީ މުވައްޒަފެއް ކަމަށާއި، މަޖިލީހުގެ މުވައްޒަފަކަށް ރަސްމީ ވަޒީފާ އަދާކުރަމުންދާއިރު އެ އިދާރާތެރޭ އެފަދަ ނަމަކުން އޭނާއަށް މުހާތަބު ކުރެވިގެން ނުވާނެ ކަމަށް އޭނާ ވިދާޅުވިއެވެ.

ޖާބިރުގެ މި ތުހުމަތާއި ގުޅިގެން މަޖިލީހުގެ ކޮމިއުނިކޭޝަން ޑިރެކްޓަރު ހަސަން ޒިޔާއު މީޑިއާތަކަށް ފޮނުއްވި މެސެޖެއްގައި ބުނީ، އީދާރީ އެއްވެސް މުވައްޒަފަކު ކާށިދޫ ދާއިރާގެ އިއްޒަތްތެރި މެންބަރަށް ނިސްބަތްކޮށް އެއްވެސް އެއްޗެއް ނުބުނާ ކަމަށެވެ.

ޖާބިރު މިދިޔަ އަންގާރަ ދުވަހު މަޖިލީހުގެ އިދާރާގެ މައި ދޮރޯށި ކުރިމަތީގައި، އިރުކޮޅެއް ވަން ދެން އޮށޯވެ އޮންނަވައި އެއީ ގާނޫނު އަސާސީގައި މަޖިލީހުގެ މެންބަރުންނަށް ލިބިދޭ ހައްގު ދޭން ގޮވާލައި އިހުތިޖާޖު ކުރައްވާފައެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް