އަހަންނަކީވެސް ސަލްމާން ޚާން ފަދަ "ވާޖިން" އެއް: ޓައިގާ

ޓައިގާ ޝްރޯފަކީ އޭނާގެ ރީތި ކަމާއި ފިޓް ކަމުގެ ސަބަބުން ގިނަ ބަޔަކު ސަޕޯޓްކުރާ ތަރިއެކެވެ. ޓައިގާ ވަނީ ދާދިފަހުން އަރްބާޒް ޚާން ކުރިއަށް ގެންދާ ޓޯކް ޝޯ އެއްގައި ބައިވެރިވެފައެވެ. ޓައިގާގެ ކުރިއަށް އޮތ...

05 Aug 2021 | 08:49

ޓައިގާ ޝްރޯފަކީ އޭނާގެ ރީތި ކަމާއި ފިޓް ކަމުގެ ސަބަބުން ގިނަ ބަޔަކު ސަޕޯޓްކުރާ ތަރިއެކެވެ. ޓައިގާ ވަނީ ދާދިފަހުން އަރްބާޒް ޚާން ކުރިއަށް ގެންދާ ޓޯކް ޝޯ އެއްގައި ބައިވެރިވެފައެވެ.

ޓައިގާގެ ކުރިއަށް އޮތް ފިލްމު ޕްރޮމޯޓްކުރުމަށް މި ޓޯކް ޝޯގައި ބައިވެރިވުމުން އަރްބާޒް ވަނީ އޭނާއާއި ތަފާތު ސުވާލެއް ކޮށްފައެވެ. އަރްބާޒް ވަނީ ޓައިގާ އަކީ "ވާޖިން" އެއްތޯ ސުވާލުކޮށްފައެވެ.

ޓައިގާ ވަނީ ވަރަށް މަޖާ ޖަވާބެއް މި ސުވާލަށް ދީފައެވެ. އޭނާ ބުނީ އޭނާ އަކީ ސަލްމާން ޚާން ކަހަލަ ވާޖިން އެއް ކަމަށެވެ.

މި ޖަވާބު އިވުމާއި އެކު އަރްބާޒަށް އޭނާގެ ހިނިގަނޑު ކޮންޓްރޯލް ނުކުރެވި ވަނީ ފަޅައިގެން ގޮސްފައެވެ. އަދި އޭނާ އާއި އެކު ޓައިގާވެސް ވަނީ ހީނފައެވެ.

https://www.instagram.com/p/CR6B_RQnQe_/?utm_source=ig_embed&utm_campaign=embed_video_watch_again

ޓައިގާ އަކީ ބޮލީވުޑްގެ މިހާރު އެންމެ ބިޒީ އެއް ތަރިއެވެ. އޭނާގެ ދެން އެންމެ އަވަހަށް ފެންނާނީ "ހީރޯ ޕަންތީ 2" އިންނެވެ.

މީގެ އިތުރުންވެސް ޓައިގާ އަންނަނީ "ބާގީ 4" އަދި "ގަންޕަތު" ގައިވެސް މަސައްކަތް ކުރަމުންނެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް