ފަތުރުވެރިން އެއަރޕޯޓުގައި ހޭދަކުރަންޖެހޭ ވަގުތު ކުޑަކުރަން ދަނީ މަސައްކަތްކުރަނީ

ފަތުރުވެރިން އެއަރޕޯޓުގައި ހޭދަކުރަންޖެހޭ ވަގުތު ކުރިއަށް އޮތްތަނުގައި ކުޑަކުރެވޭނެކަމަށް މޯލްޑިވްސް އިމިގްރޭޝަނުން ބުނެފިއެވެ. އިމިގްރޭޝަނުން ބުނީ، އެއަރޕޯޓުގައި ފަތުރުވެރިން ހޭދަކުރަންޖެހޭ ވަގުތު ކު...

05 Aug 2021 | 07:37

ފަތުރުވެރިން އެއަރޕޯޓުގައި ހޭދަކުރަންޖެހޭ ވަގުތު ކުރިއަށް އޮތްތަނުގައި ކުޑަކުރެވޭނެކަމަށް މޯލްޑިވްސް އިމިގްރޭޝަނުން ބުނެފިއެވެ.

އިމިގްރޭޝަނުން ބުނީ، އެއަރޕޯޓުގައި ފަތުރުވެރިން ހޭދަކުރަންޖެހޭ ވަގުތު ކުޑަކުރުމަށް ކަމާއިބެހޭ ފަރާތްތަކާއެކު މަޝްވަރާ ކުރަމުންދާކަމަށާއި، މީގެއިތުރުން ފަތުރުވެރިންނަށް ލުއިކޮށްދިނުމަށް އިމިގްރޭޝަން ޕޯޓަލް އިތުރަށް ހަރުދަނާކުރުމުގެ މަސައްކަތް ކުރެވެމުންދާކަމަށެވެ. މީގެ އިތުރުން ޕެސެންޖަރުން ކައުންޓަރުގައި ހޭދަކުރަންޖެހޭ ވަގުތު ކުޑަކުރެވިގެންދާނޭކަމަށްވެސް އިމިގްރޭޝަނުން މައުލޫމާތުދެއެވެ.

އިމިގްރޭޝަނުން ބުނީ، އެޗްޕީއޭގެ ގައިޑްލައިންގެ ދަށުން ވަރަށް ގިނަ ކަންކަން ބަލަންޖެހޭއިރު، މިކަމުގައި އެއާލައިންތަކާއިއެކުވެސް މަޝްވަރާ ކުރެވި ފަސޭހަތަކެއް ހޯދުމަށް މަސައްކަތްކުރަމުންދާ ކަމަށެވެ.

އިމިގްރޭޝަނުން މިހެން ބުނެފައި މިވަނީ، ރާއްޖެއަށް އަންނަ ފަތުރުވެރިންގެ އަދަދު މިދުވަސްވަރު ވަރަށް ބޮޑަށް އިތުރުވެ، އެއަރޕޯޓުވެސް ބާރުބޮޑުވެފައިވާ ދަނޑިވަޅެއްގައެވެ. ރާއްޖެއަށް މިދުވަސްވަރު ފަތުރުވެރިން އަންނަ އަދަދު އިތުރުވެފައިވާއިރު، އެއާޕޯޓުގެ ޚިދުމަތްތައް ނިއުނޯމަލްގެ އުސޫލުތަކާއި އެއްގޮތަށް ދޭންޖެހުމުން، ހިދުމަތްތައް ދެމުން އައި ގޮތްތަކަށްވެސް މިވަނީ ބަދަލުތަކަށް އައިސްފައެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް