ނަޝީދުގެ ވަކީލަކަށް ކޮއްކޯފުޅު ނާޒިމް ހަމަޖައްސައި އެކަން ޖީޕީއަށް އަންގަވައިފި

ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދަށް އަމާޒުކޮށް ބޮން ގޮއްވާލި މައްސަލައިގަ އެމަނިކުފާނުގެ ގާނޫނީ ވަކީލުގެ ގޮތުގައި ކޮއްކޯފުޅު ނާޒިމް އަބްދުއްސައްތާރު ހަމަޖައްސައިފި އެވެ. ނަޝީދުގެ ފަރާތް...

05 Aug 2021 | 07:25

ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދަށް އަމާޒުކޮށް ބޮން ގޮއްވާލި މައްސަލައިގަ އެމަނިކުފާނުގެ ގާނޫނީ ވަކީލުގެ ގޮތުގައި ކޮއްކޯފުޅު ނާޒިމް އަބްދުއްސައްތާރު ހަމަޖައްސައިފި އެވެ.

ނަޝީދުގެ ފަރާތްުޕުޅުން މި ނިންމެވުން ނިންމިކަން އިއްޔެ ވަނީ ސިޓީއަކުން ޕީޖީ ހުސައިން ޝަމީމްއަށް އަންގަވާފަ އެވެ. ސިޓީގައި ނަޝީިދު ވިދާޅުވެފައިވަނީ އެމަނިކުފާނުގެ ފަރާތުން ބަޔާނެއް ބޭނުންވާ ކަމަށް ޕީޖީ އާއި ފުލުހުން ވިދާޅުވެފައިވާ ކަމަށެވެ.

އެ ބަޔާން ދެއްވުމާއި ގުޅޭގޮތުން ގޮތް ނިންމަވައި މަޝްވަރާ ކުރައްވާނީ ކޮއްކޯފުޅު ނާޒިމް އާއި ކަމަށް ސިޓީގައި ވިދާޅުވެފައިވެ އެވެ.

ނާޒިމް މީޑިއާގައި ވިދާޅުވީ ނަޝީދުގެ ބަޔާނެއް ޕީޖީއަށް އަދި ފުލުހުންނަށް ވެސް ޚިއްސާ ކުރުމާ މެދު އަދި ގޮތެއް ނުނިންމާ ކަމަށެވެ. އެކަމާއި މެދު ގޮތެއް ނިންމާނީ ހަމަލާ ރޭވި ގޮތާއި، ފަންޑު ކުރި ގޮތާއި، މި ބާވަތުގެ، ތަހުގީގާ ގުޅުން ހުރި ލިޔެކިއުންތައް ނަޝީދަށް ލިބުމުން ކަމަށެވެ.

ނާޒިމް ވިދާޅުވީ މި ކަންކަމާ ގުޅޭ ގޮތުން ވަރަށް އަވަހަށް ޕީޖީ ހުސައިން ޝަމީމާ އެކު މަޝްވަރާ ކުރައްވާނެ ކަމަށެވެ.

ނަޝީދަށް ހަމަލާ ދިން މައްސަލައިގަ ނަޝީދުގެ ބަޔާނެއް ނަގަން ގިނަ މަސައްކަތްތަކެއް ކޮށްފައިވާ ކަމަށް މީގެ ކުރިން ފުލުހުން ބުނެފައިވެ އެވެ.

އެ މައްސަލައިގަ މިހާތަނަށް 10 މީހުން ހައްޔަރުކޮށްފައިވެ އެވެ. އަދި އޭގެ ތެރެއިން ހަތަރު މީހެއްގެ މައްޗަށް ޕީޖީ އޮފީހުން ވަނީ ކްރިމިނަލް ކޯޓުގައި ދައުވާ އުފުލާފައި އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް