2021 ވަނަ އަހަރުގެ ބަޖެޓުގައި ހަރަދު ކުރުމަށް ކަނޑައެޅި 33.4 ބިލިއަން ރުފިޔާގެ ދެބައިކުޅަ އެއްބައި ހަރަދުވެއްޖެ ކަމަށް ފިނޭންސް މިނިސްޓްރީން އާއްމުކުރާ ހަފުތާގެ މާލީ ރިޕޯޓުން ދައްކައިފިއެވެ.
ފިނޭންސް މިނިސްޓްރީން އާއްމުކުރާ ހަފުތާގެ މާލީ ރިޕޯޓުގައިވާ ގޮތުން މި އަހަރު ހަރަދު ކުރުމަށް 33.4 ބިލިއަން ރުފިޔާގެ ބަޖެޓެއް ދީފައިވާއިރު، މިހާތަނަށް 15.2 ބިލިއަން ރުފިޔާ ވަނީ ހަރަދުވެފަ އެވެ.
އަހަރުގެ މިހާތަނަށް ރިކަރަންޓް ހަރަދުގެ ގޮތުގައި މިހާތަނަށް 11.6 ބިލިއަން ރުފިޔާ ވަނީ ހޭދަވެފަ އެވެ. މީގެ އިތުރުން މުސާރަ އާއި ޕެންޝަން ދޭން 5.9 ބިލިއަން ރުފިޔާ ހޭދަކޮށްފައިވާއިރު، އެޑްމިނިސްޓްރޭޓިވް އަދި އޮޕަރޭޝަނަލް އެކްސްޕެންސަށް 5.4 ބިލިއަން ރުފިޔާ ހޭދަކޮށްފައިވެ އެވެ.
9.9 ބިލިއަން ރުފިޔާ ވަނީ ހިލޭ އެހީ އާއި އާމްދަނީގެ ގޮތުގައި ލިބިފައެވެ.
މީގެ 7.4 ބިލިއަން ރުފިޔާ ލިބިފައިވަނީ ޓެކުހުގެ ގޮތުގައެވެ. އަދި ޓެކްސް ނޫން ގޮތްގޮތުން 2.3 ބިލިއަން ރުފިޔާ ވަނީ ލިބިފައެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް