މައުމޫން ދިން ގެއްލުމުގެ މައްސަލަ ނުބަލާ ޖާބިރުގެ މައްސަލަ އެކަނި ބަލާތީ ދިޔާނާ ހިތްހަމަ ނުޖެހިފައި

ކާށިދޫ ދާއިރާގެ މެމްބަރު އަބްދުﷲ ޖާބިރު މއ. ކިނބިގަސްދޮށޫގެއަށް ގެއްލުން ދިން މައްސަލަ ފުލުހުން ބަލާތީ އޭނާގެ އަނބިކަނބަލުން އަދި ކުރީގެ ބަންޑާރަނައިބު ފާތިމަތު ދިޔާނާ ސައީދު ހިތްހަމަ ނުޖެހިއްޖެ އެވެ....

05 Aug 2021 | 05:53

ކާށިދޫ ދާއިރާގެ މެމްބަރު އަބްދުﷲ ޖާބިރު މއ. ކިނބިގަސްދޮށޫގެއަށް ގެއްލުން ދިން މައްސަލަ ފުލުހުން ބަލާތީ އޭނާގެ އަނބިކަނބަލުން އަދި ކުރީގެ ބަންޑާރަނައިބު ފާތިމަތު ދިޔާނާ ސައީދު ހިތްހަމަ ނުޖެހިއްޖެ އެވެ.

ކުރީގެ ރައީސް މައުމޫން އަބްދުލް ގައްޔޫމްގެ ގެކޮޅު ކަމުގައިވާ ކިނބިގަސްދޮށުގެއަށް އިއްޔެ ޖާބިރު ގެއްލުން ދިނީ މައުމޫން އޭނާ އަތުން ނަގާފައިވާ 29 މިލިއަން ރުފިޔާގެ ލޯނު ނުދައްކަވާ ކަމަށް ބުނެ އެވެ. ޖާބިރު ވިދާޅުވަނީ އެ ލޯނު ނަގާފައިވަނީ ކިނބިގަސްދޮށުގެ ރަހުނު ކުރުމަށް ފަހުގައި ކަމަށެވެ.

ދިޔާނާ މިއަދު ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ ޖާބިރު ކިނބިގަސްދޮށުގެއަށް ގެއްލުން ދިން މައްސަލަ ބެލުމަކީ އެންމެ ރަނގަޅު ކަމެއް ކަމަށެވެ. ދިޔާނާގެ ޓުވީޓުގައިވަނީ އެ މައްސަލަ ފުލުހުން ބަލާއިރު ކުރީގެ ރައީސް މައުމޫން އަބްދުލް ގައްޔޫމް ޖާބިރަށް ދެއްވި ގެއްލުމުގެ ބަލައި ދިނުމަށް އެދިވަޑައިގެންނަވާފަ އެވެ.

ދިޔާނާ ވިދާޅުވީ މައުމޫން ޖާބިރަށް ދެއްވި ގެއްލުމުގެ މައްސަލަ ފުލުހުންނަށް ހުށަހެޅިތާ އެތައް ދުވަހެއް ވެފައިވާ ކަމަށެވެ.

އިތުރަށް ވިދާޅުވީ މައުމޫނަށް ލިބުނު ގެއްލުމެއް ވިއްޔާ ބެލިފަ، މައުމޫން އެހެން މީހުންނަށް ދެއްވާ ބޮޑެތި ގެއްލުން ނުބެލޭ ގޮތަށް އޮތުމަކީ ގޯހެއް ކަމަށެވެ.

https://twitter.com/dhiyanasaid/status/1423151421495529473

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް