ފުއްގިރި މައްސަލައިގަ ޔާމީން ދެއްވި ބަޔާން ލީކު ކޮށްލި މައްސަލަ ބަލަން ހުށަހަޅައިފި

ރ. ފުއްގިރި މައްސަލައިގައި ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ މައްޗަށް އުފުލާފައިވާ މަނީ ލޯންޑްރިން އާއި ރިޝްވަތު ގަބޫލުކުރުމުގެ ދައުވާގެ ތަހުގީގަށް ދީފައިވާ ބަޔާން ލީކުކޮށްލި މައްސަލަ ބަލައިދިނުމަށް އިދި...

05 Aug 2021 | 04:44

ރ. ފުއްގިރި މައްސަލައިގައި ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ މައްޗަށް އުފުލާފައިވާ މަނީ ލޯންޑްރިން އާއި ރިޝްވަތު ގަބޫލުކުރުމުގެ ދައުވާގެ ތަހުގީގަށް ދީފައިވާ ބަޔާން ލީކުކޮށްލި މައްސަލަ ބަލައިދިނުމަށް އިދިކޮޅު، ޕްރޮގްރެސިވް ކޮންގްރެސް ކޯލިޝަނުން ގޮވާލައިފިއެވެ.

އިދިކޮޅު ކޯލިޝަނުން ރޭ ނެރުނު ބަޔާނެއްގައި ވަނީ އޮންލައިން ނޫހެއްގައި ޝާއިއުކޮށްފައިވާ ހަބަރުގައި ކަންބޮޑުވާ އެތައް ކަމެއް ހުރި ކަމަށާއި އެކަން އެންމެ ހަރުކަށި އިބާރާތުން ކުށްވެރި ކުރާ ކަމަށެވެ. އެ މައުލޫމާތުތަކަކީ ކަމުގެ ހަގީގަތް ރައްޔިތުންނަށް އޮޅުވާލުމާއެކު ޝަރީއަތަށް ނޫފޫޒު ފޯރުވުމަށް ސަރުކާރު އަޑީގައި އޮވެގެން ހިންގާފައިވާ ކަމަށް ބަޔާނުގައިވެއެވެ.

އެ ހަބަރުގައި ރައީސް ޔާމީނާއި އެމަނިކުފާނުގެ ވަކީލުން ކޯޓުގައި ދައްކަވާފައިވާ ވާހަކަތަކަކާއި އެމަނިކުފާނުގެ ފަރާތްޕުޅުން ތަހުގީގީ އިދާރާއަކަށް ދެއްވާފައިވާ ކަމަށް ބުނާ ސައްހަކަން ކަށަވަރު ނުވާ މައުލޫމާތުތަކެއް ހުރި ކަމަށް ބަޔާނުގައިވެއެވެ.

ބަޔާނުގައި ވަނީ އެ ހަބަރުގައިވާ މައުލޫމާތުތަކުން ކުށެއް ނެތް މައުސޫމް ބޭފުޅަކު ރައްޔިތުންގެ ކުރިމަތީ ބަދުނާމު ކުރުމަށް މަސައްކަތް ކޮށްފައިވާ ކަމަށް ބެލެވޭ ކަމަށާއި މިކަމަކީ ސަރުކާރާއި ޕްރޮސެކިއުޓާ ޖެނެރަލާއި ފުލުހުންގެ އިދާރާ ގުޅިގެން ހިންގާފައިވާ ޖަރީމާއެއް ކަމަށެވެ. އެހެންވެ، އެކަން ސަރުކާރުގެ ނުފޫޒުތަކުން އެކަހެރިވެފައިވާ ދައުލަތުގެ މިނިވަން މުއައްސަސާއަކުން ބަލައި ފިޔަވަޅު އެޅުމަށް ވެސް އިދިކޮޅު ކޯލިޝަނުން ގޮވާލާފައިވެއެވެ.

އެ މައްސަލައިގަ ފުލުހުންނާއި ޕިޖީ އޮފީހުން ވަނީ ލީކު ކޮށްލީ އެ އިދާރާތަކުން ނޫން ކަމަށް ބުނެފަ އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް