ފުލުހަށް ހަމަލާދިން މީހާއާއި އެމީހުން ދުއްވި ލޯންޗާއި މާފުށްޓަށް ގެންދިޔަ ސާމާނުގެ ތަފްސީލް އާއްމު ކޮށްފި

މާފުށީގައި ރޭގެ ވަގުތެއްގައި ފުލުހުންގެ އޮޕަރޭޝަނެއް ކުރިއަށް ގެންދަނިކޮށް ފުލުހެއްގެ ގަޔަށް ވަޅި ހަރާފައިވާއިރު، ވަޅި ހެރި މީހާގެ ވަނަވަރާއި، އެ ޖަރީމާ ހިންގި މީހާއާއި އޭނައާއި އެކުގައި ދިޔަމީހުން ދަ...

05 Aug 2017 | 16:54

މާފުށީގައި ރޭގެ ވަގުތެއްގައި ފުލުހުންގެ އޮޕަރޭޝަނެއް ކުރިއަށް ގެންދަނިކޮށް ފުލުހެއްގެ ގަޔަށް ވަޅި ހަރާފައިވާއިރު، ވަޅި ހެރި މީހާގެ ވަނަވަރާއި، އެ ޖަރީމާ ހިންގި މީހާއާއި އޭނައާއި އެކުގައި ދިޔަމީހުން ދަތުރުކުރި ލޯންޗުގެ ފޮޓޯއާއި އެމީހުން މާފުށްޓަށް އެތެރެކުރަން މަސައްކަތްކުރި ތަކެތީގެ ލިސްޓާއި އެ ތަކެތީގެ ފޮޓޯ ފުލުހުން އާއްމު ކޮށްފި އެވެ.

ފުލުހުން މިރޭ ނެރެފައިވާ ބަޔާނެއްގައި ބުނެފައިވަނީ ފުލުސް މީހާއަށް ހަމަލާދީފައިވަނީ ކ.މާލެ ހ.ކުޅައްލައްމާގެ އަޒުހަރު އިބްރާހިމް (31 އަހަރު) ކަމަށެވެ .މި މީހާއަކީ ތަފާތު އެކި ކުށްތަކުގައި ޝާމިލުވެ އެތަށްފަހަރެއްގެ މަތިން ފުލުހަށް ހާޒިރުކުރެވި ކުށުގެ ރިކޯޑު އޮންނަ މީހެއް  ކަމަށް ފުލުހުން ބުނެ އެވެ.

މި މައްސަލައާ ގުޅިގެން އިތުރު ތިން ފިރިހެނަކު ވަނީ ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައިވާއިރު އެއީ 51 އަހަރުގެ ފިރިހެނަކާއި 32 އަހަރުގެ ދެ ފިރިހެނުންނާއި 18 އަހަރުން ދަށުގެ ފިރިހެން ކުއްޖެއް ކަމަށް ފުލުހުން ބުނެ އެވެ.

އެމީހުން މާފުށްޓަށް ދިޔަ ލޯންޗުގެ ފޮޓޯއެއްވެސް ފުލުހުން އާއްމު ކޮށްފައިވެއެވެ. އެ ލޯންޗަކީ "ސީނަރީ 4" ލޯންޗެވެ.

މީގެ އިތުރުން އެމީހުން މާފުށީ ޖަލަށް ވައްދަން މަސައްކަތްކުރި ތަކެތީގެ ލިސްޓާއި އެ ތަކެތީގެ ފޮޓޯވެސް ފުލުހުން އާންމުކޮށްފައި ވެ އެވެ. އެ ތަކެއްޗަށް ބަލާލާއިރު އެތައް ބައިވަރު ފޯނަކާއި އެ ފޯނުތަކަށް ބޭނުންވާ ޗާޖަރުތަކާއި އަދި އިތުރު ބައެއް ސާމާނުވެސް ހިމެނެ އެވެ.

ތޫނު އެއްޗަކުން ހަމަލާދީ ޒަޚަމްކޮށްލާފައިވަނީ މާފުށީ ޕޮލިސް ސްޓޭޝަނުގައި މަސައްކަތްކުރަމުންދާ ޕޮލިސް ކޮންސްޓަބަލް ޢަލީ ރައްޒާންއެވެ. މި ހަމަލާ އަމާޒުވީ އޭނާގެ ކުރިމަތިން ވައަތު ކޮނޑާ މެއާ ދޭތެރެއަށް ކަމަށް ފުލުހުން މިއަދުވަނީ ބުނެފަ އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް