ތ ތިމަރަފުށީގައި ފުލުހުން ދުއްވި ވެހިކަލެއް ފުރޮޅާލައިފި އެވެ.
މިކަން ހިނގާފައިވަނީ މިއަދު މެންދުރު 12:40 ހާއިރުގަ އެވެ. ދުވަހަށް މައުލޫމާތު ދެއްވަމުން ފުލުހުންގެ މީޑިއާ އޮފިސަރު ވިދާޅުވީ އެ ހާދިސާ ހިނގަން މެދުވެރިވީ ވެހިކަލްގެ ބުރެކި ތާށިވެގެން ކަމަށެވެ. އަދި ބުރެކި ތާށިވެފައިވަނިކޮށް ވަޅުގަނޑަކުން ނައްޓަން އުޅުމުގެ ތެރޭގައި ވެހިކަލް ކޮންޓްރޯލް ނުކުރެވިގެން ކަމަށެވެ.
ދުވަހަށް އެނގިފައިވާގޮތުގައި މި ހާދިސާގައި އެއްވެސް މީހަކަށް އަނިޔާއެއް ވެފައެއް ނުވެ އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް