ދަބަހުގައި ބޮމެއް އޮތްކަމަށްބުނި މާބައިދޫ މީހަކު ކައްދޫ އެއާޕޯޓުން ހައްޔަރުކޮށްފި

ދަބަހުގައި ބޮމެއް އޮތް ކަމަށްބުނި ލ މާބައިދޫ މީހަކު ކައްދޫ އެއާޕޯޓުން ހައްޔަރު ކޮށްފި އެވެ. ދުވަހަށް ކަށަވަރުވެފައިވާގޮތުގައި މި ހާދިސާ ހިނގާފައިވަނީ މިއަދު މެންދުރު، ކައްދޫން މާލެއަށް ދަތުރުކުރަން އޮ...

05 Aug 2017 | 12:28

ދަބަހުގައި ބޮމެއް އޮތް ކަމަށްބުނި ލ މާބައިދޫ މީހަކު ކައްދޫ އެއާޕޯޓުން ހައްޔަރު ކޮށްފި އެވެ.

ދުވަހަށް ކަށަވަރުވެފައިވާގޮތުގައި މި ހާދިސާ ހިނގާފައިވަނީ މިއަދު މެންދުރު، ކައްދޫން މާލެއަށް ދަތުރުކުރަން އޮތް ފްލައިޓަށް މީހުން ޗެކިން ކުރަމުން ދިޔަ ވަގުތުގަ އެވެ.

ދަބަހުގައި ބޮމެއް އޮތްކަމަށް އެމީހާ ބުނީ މަޖަލަކަށްހަދާފައިކަމަށް ފަހުން ބުނި ނަމަވެސް، އުސޫލުގައި އޮންނަ ގޮތުގެ މަތިން އެމީހާ މިހާރު ވަނީ ހައްޔަރުކޮށް ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފަ އެވެ.

ބޮމެއް އޮތްކަމަށް އޭނާ ބުނީ ލެޕްޓޮޕް ދަބަސް ޗެކް ކުރަން އުޅުމުންނެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް