ދުވަހުގެ ހީރޯ ހުޝާމް: މޫދަށް ވެއްޓުނު ކުއްޖާ ސަލާމަތް ކުރުން އެއީ ގައުމަށް ހިދުމަތެއް ކުރަން ލިބުނު ފުރުސަތެއް

މީ މިއަދު މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ ކައިރިން މޫދަށް ވެއްޓުނު ކުޑަ އަންހެންކުއްޖަކު ސަލާމަތްކުރި އެމްއެމްއޭގެ މުވައްޒަފު އާދަމް ހުޝާމްގެ ވާހަކަ އެވެ. މިކަން ހިނގާދިޔަ ގޮތް ހުޝާމް ވަނީ ދުވަހަށް މިވަނ...

05 Aug 2017 | 11:25

މީ މިއަދު މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ ކައިރިން މޫދަށް ވެއްޓުނު ކުޑަ އަންހެންކުއްޖަކު ސަލާމަތްކުރި އެމްއެމްއޭގެ މުވައްޒަފު އާދަމް ހުޝާމްގެ ވާހަކަ އެވެ. މިކަން ހިނގާދިޔަ ގޮތް ހުޝާމް ވަނީ ދުވަހަށް މިވަނީ ހިއްސާ ކޮށްފަ އެވެ.

ހުޝާމް އަކީ ހއ ވަށަފަރަށް ނިސްބަތްވާ ޒުވާނެކެވެ. ކައިވެންޏެއް ކޮށް، އަތްންބަކާއި ދަރިއަކު ހުރި ހުޝާމް އަށް މިކަން ދިމާވީ މިއަދު ޑިއުޓީއަށް ދިޔަ ވަގުތުގަ އެވެ.

"އެކަންތައް ވީގޮތަކީ ޑިއުޓީއަށް އައިގަޑި އެއީ، ކުޑަކުއްޖަކަށް ސްޓްރޯކެއް ޖެހިގެން އުޅޭ ކަމަށް ހީވެގެން ބަލައިލަން ދިޔައީ އޭރު މީހުން އެއްވެފައި އޮތް، އެކަންތައްގަނޑުގެތެރެއިން އަޅުގަނޑަށް ފެނުނީ އެހެން ކުއްޖަކު މޫދަށް ވެއްޓުނުތަން، ވަގުތުން އަތުގަ އޮތް ފޯނާއި ޓޯކީ ބޭއްވުމަށްފަހު މޫދަށް ފުންމާލީ" އެކަން ހިނގާދިޔަގޮތް ހިއްސާކުރަމުން ހުޝާމް ކިޔައިދިނެވެ.

ހުޝާމް ބުނީ އެ ކުއްޖާ އޮތީ ދެފެން ދޭތެރޭގައި ތެޅި ތެޅި ކަމަށާއި ހޭ ހުރިކަން އެނގުނީ ނެގި ފަހުން ކަމަށެވެ.

އެތާނގައި އެތައް ބަޔަކު އޮތް އިރު އެކަމުގައި އިސްނަގާ މޫދަށް ފުންމާލުމުގެ ހިޔާލު އައީ ކިހިނެއްތޯ އެހުމުން ހުޝާމް ބުނީ އެއީ "ތަމްރީނު ލިބިފައިހުރި ގޮތް" ކަމަށެވެ.

ހުޝާމް ބުނީ އޭނާ ސްކޫލް ދައުރުގައި އުޅުނީ ކެޑޭޓްގައި ކަމަށާއި އަދި ގްރޭޑް އަށަކުން ފެށިގެން ތިން އަހަރު، މޯލްޑިވްސް ނެޝަނަލް ކެޑޭޓް ކޯ(އެމްއެންސީސީ) ގައި އުޅުމުން މިފަދަ ކަންކަމުގައި އިސްނެގުމަށް ހިތްވަރު ލިބިފައިވާކަމަށެވެ. އަދި މީހަކަށް ނުވަތަ ބަޔަކަށް ނުވަތަ ޤައުމަށް ހިދުމަތެއް ކޮށްދިނުމުގެ ފުރުސަތު މިއަދު ލިބިގެންދިޔައީ އެކަމަށް އަބަދު އެދި އެދި ހުއްޓާ ކަމަށެވެ. އަދި އެކަމަށްޓަކައި މާތް ﷲ ހަޒްރަތަށް ދުއާ ކުރާ ހާލު އެކަމާ އުފާވާ ކަމަށެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް