މާލޭގައި މޫދަށް ވެއްޓުނު ކުޑަ އަންހެން ކުއްޖަކު ސަލާމަތް ކުރީ އެމްއެމްއޭގެ މުވައްޒަފެއް !

މާލޭގައި މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ ކުރިމަތިން މޫދަށް ވެއްޓުނު އަންހެން ކުއްޖަކު، އެމްއެމްއޭގެ މުވައްޒަފެއްގެ މަސައްކަތުން ސަލާމަތް ކޮށްފި އެވެ. މަންޒަރު ދުއް މީހަކު ދުވަހަށް މައުލޫމާތު ދެމުން ބުނީ ...

05 Aug 2017 | 10:35

މާލޭގައި މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ ކުރިމަތިން މޫދަށް ވެއްޓުނު އަންހެން ކުއްޖަކު، އެމްއެމްއޭގެ މުވައްޒަފެއްގެ މަސައްކަތުން ސަލާމަތް ކޮށްފި އެވެ.

މަންޒަރު ދުއް މީހަކު ދުވަހަށް މައުލޫމާތު ދެމުން ބުނީ މޫދަށް ވެއްޓުނީ އުމުރުން ގާތްގަނޑަކަށް 12 ނޫނީ 13 އަހަރުގެ އަންހެން ކުއްޖެއް ކަމަށާއި، އެ ކުއްޖާ ވެއްޓުމާއެކު އެމްއެމްއޭގެ މުވައްޒަފު އާދަމް ހުޝާމް މޫދަށް ފުންމާލީ ކަމަށެވެ. އަދި އެ ކުއްޖާ ސަލާމަތް ކުރީ ކަމަށެވެ.

"ބޮޑަށް ބެލެވެނީ އެ ކުއްޖާގެ ފައި ކައްސާލީ ކަމަށް، އެކުއްޖާގެ އާއިލާ އާއެކު އެތާނގައި ތިއްބާ ހިނގި ހާދިސާއެއް އެއީ" ދުވަހަށް މައުލޫމާތު ހިއްސާކުރި ފަރާތުން ބުންޏެވެ.

https://twitter.com/a_nadraa/status/893777493160742912

މި ހާދިސާގައި އަންހެން ކުއްޖާ ސަލާމަތްކުރި އާދަމް ހުޝާމް، އެކުއްޖާ ސަލާމަތްކުރުމަށްފަހު އެމްއެމްއޭއާއި ދިމާއަށް ހިނގާފައި ދިޔަ މަންޒަރު، ޕީޕީއެމްގެ ރައީސް މައުމޫން ފެކްޝަންގެ ނައިބު ރައީސް އައިމިނަތު ނާދިރާ ވަނީ ވީޑިއޯކޮށް ޓްވިޓާގައި ހިއްސާކޮށްފަ އެވެ. ނާދިރާގެ ޓްވީތްގައި ބުނެފައިވަނީ މޫދަށް ވެއްޓުނު ކުއްޖަކު ސަލާމަތްކުރުމުގަ އެމްއެމްއޭގެ ސްޓާފް އާދަމް ހުޝާމް ހުޝިޔާރުކަމާއި ދެއްކެވި ހިތްވަރަށް ސާބަސް ރައްދުކުރާ ކަމަށެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް