ހިތުގެ އޮަޕަރޭޝަނެއް ކުރަން ޖެހޭތީ ގާސިމްގެ ޕާސްޕޯޓު ދޫކޮށްދޭން އެދެފި

ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމްގެ ޕާސްޕޯޓު ދޫކޮށްދިނުމަށް އަނެއްކާވެސް ކްރިމިނަލް ކޯޓުގައި އެދެފި އެވެ. ގާސިމްގެ ގާނޫނީ ވަކީލުންގެ ޓީމުން މިއަދު ނެރުނު ނޫސްބަޔާނެއްގައި ބުނެފައިވަނީ ގާސިމަކީ ...

05 Aug 2017 | 08:19

ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމްގެ ޕާސްޕޯޓު ދޫކޮށްދިނުމަށް އަނެއްކާވެސް ކްރިމިނަލް ކޯޓުގައި އެދެފި އެވެ.

ގާސިމްގެ ގާނޫނީ ވަކީލުންގެ ޓީމުން މިއަދު ނެރުނު ނޫސްބަޔާނެއްގައި ބުނެފައިވަނީ ގާސިމަކީ ދިގު މުއްދަތަކަށް ހިތާއި ފުއްޕާމޭގެ އާލާސްކަންފުޅަކަށް ފަރުވާ ހޯއްދަވަމުން ގެންދަވާ ބޭފުޅެއް ކަމަށެވެ. މިހާރު ހިތުގެ ކުއްލި އޮޕަރޭޝަނެއް ކުރުމަށް އައިޖީއެމްއެޗުގެ ޑޮކްޓަރުން ލަފާދެއްވާފައިވާތީ ރާއްޖެއިން ބޭރަށް ދާންޖެހިފައިވާ ކަމަށެވެ.

ހިތުގެ އޮޕަރޭޝަންކުރުން ލަސްވެއްޖެނަމަ ގާސިމްގެ ފުރާނައަށް ނުރައްކާވެދާނެ ކުރިމަތިވެދާނެތީ، ޕާސްޕޯޓް ހިފެހެއްޓި އަމުރު އަވަހަށް މުރާޖާކޮށްދިނުމަށް އެދި އިއްޔެ ކުރިމިނަލް ކޯޓަށް ސިޓީއެއް ވެސް ފޮނުވާފައިވާނެ ކަމަށް ވަކީލުންގެ ބަޔާނުގައި  ބުނެފައިވެ އެވެ. އެކަމަކު އަދިވެސް އެކަމަށް ގޮތެއް ނިންމާފައިނުވާތީ ކަންބޮޑުވުން ވަނީ ފާޅުކޮށްފަ އެވެ.

އެ ބަޔާނުގައި ބުނެފައިވަނީ ޝަރީއަތުގެ ކޮންމެ އަޑުއެހުމެއްގައި ވެސް ގާސިމްގެ ޕާސްޕޯޓް ހިފަހައްޓާފައިވާ އަމުރު މުރާޖައާކޮށްދިނުމަށް އެދެމުންދާ ކަމަށާއި ޑޮކްޓަރުގެ ލިޔުންތައް ވެސް ޝަރީއަތަށް ހުށަހަޅާފައިވާނެ ކަމަށެވެ. އެންމެފަހުން ބޭއްވި އަޑުއެހުމުގައި ގާޒީ ވަނީ އެކަމާ ގުޅޭ ގޮތުން ގޮތެއް ނިންމާނެ ކަމަށް ވެސް ވިދާޅުވެފަ އެވެ.

ސަރުކާރުގެ ހޮސްޕިޓަލްގެ ޑޮކްޓަރުންވެސް ބޭރަށް ވަޑައިގެން އޮޕަރޭޝަން ކުރުމަށް ގާސިމަށް ލަފާ ދެއްވާފައިވަނިކޮށް އެކަމަށް ހުރަސްއަޅައި ޕާސްޕޯޓް ހިފަހައްޓާފައިވާތީ އެއީ މުއައްސަސާތަކުން ހިންގާ ގާނޫނާ ހިލާފު ކަމެއް ކަމަށް ބަޔާނުގައިވެ އެވެ. އައިޖީއެމްއެޗުގެ އިތުރުން އޭޑީކޭ އާއި މެޑިކާ ހޮސްޕިޓަލްގެ ޑޮކްޓަރުންވެސް ވަނީ އިތުރު ފަރުވާއަށް ގާސިމް ރާއްޖެއިން ބޭރަށް ވަޑައިގެންނެވުމަށް ލަފާދީފައި އެވެ.

މިދިޔަ މަހުގެ 16 ވަނަ ދުވަހު ކުއްލި ގޮތަކަށް ގާސިމްގެ ނޭވާ ކުރުވެ ވަރުދެރަވެގެން އެޑްމިޓްކުރީ މެޑިކާ ހޮސްޕިޓަލުގައި އެވެ. އެރޭ އޭޑީކޭ ހޮސްޕިޓަލަށް ބަދަލު ކުރީ ރާއްޖެއިން ބޭރަށް ވަޑައިގެންނެވުމަށް އެއާޕޯޓަށް ވަޑައިގެންނެވި އިރު ޕާސްޕޯޓު ހިފަހައްޓާފައި އޮތްކަން އެނގިގެން ނެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް