އާންމުކޮށް މީހުން ބުނެ އުޅެނީ ކައިވެނި ކުރަން ވާނީ އުމުރުން ދޮށީ ފިރިހެނަކާއި ކަމަށެވެ. އެއީ ހަރުދަނާ މީހަކަށް ވާނެތީ އާއި ޅަ އަންހެން މީހާ ޖައްސާ ކޫސަނި މައްސަލަތައް ބަލައިގަނެ ހައްލު ކުރުމުގައި އަމަލު ކުރާ ގޮތް ތަފާތުވާނެތީ ކަމަށެވެ.
މިފަހަރުގެ މި ދިރާސާގައި އެކަން ދޮގުކޮށްފި އެވެ. އެމެރިކާގެ ޔުނިވާސިޓީ އޮފް ކޮލޮރާޑޯގައި ކުރި ދިރާސާއަކުން ދެއްކި ގޮތުގައި އަންހެނުންވެސް ފިރިހެނުންވެސް ކައިވެނި ކުރަންވީ ވީހާވެސް އުމުރުން ހަގު މީހުންނާއި އެވެ. އޭރުން ހަމަޖެހޭ ދިރިއުޅުމެއް ލިބޭނެ ކަމަށްވެ އެވެ.
މި ދިރާސާ ކުރުމަށް އެ ގައުމުގެ 7،682 އާއިލާގެ 19،914 މީހުންނާއި ސުވާލުކޮށްފައިވެ އެވެ. އުމުރުގެ ތަފާތު ނެތް ނަމަ ޖެހޭނެ މައްސަލަތަކުގެ ގޮތުގައި ފާހަގަކޮށްފައިވަނީ ދެމީހުންގެ ދެމެދުގައި ޒުވާބު އިތުރުވުމާއި އެކަކު ވަޒީފާގައި ނޫޅޭނަމަ އަނެކަކުގެ މަލާމާތާއި އެއްޗެހި ކިޔުން ރައްދުވުން އިތުރުވާނެ ކަމަށެވެ.
އަދި އޭގެ ސަބަބުން ދިރިއުޅުން ހަމަޖެހުމަކަށް ނާންނާތީ ކައިވެނި ރޫޅޭތަން އަންނަ ކަމަށް ބުނެފައިވެ އެވެ. އެ ދިރާސާގައި ބުނެފައިވަނީ އެ ހުރިހާ ކަމެއް އެންމެ ފަހުން ނިމޭނީ ފައިސާ އާއި ހިސާބުން ކަމަށާއި ވީހާވެސް އުމުރުން ހަގު މީހުންނާއި އިނުމުން ފައިސާގެ މައްސަލަތައް ޖެހުން މަދު ކަމަށެވެ.
ދިރާސާގައި ބައިވެރިވި ގިނަ އަންހެނުންގެ ތެރެއިން އުފާވެރި، ފައިސާ އާއި ވަޒީފާގެ ގޮތުން ހަމަޖެހިގެން އުޅޭނީ އުމުރުން ހަގު ފިރިހެނުންނާއި އިނގެދެން އުޅޭ މީހުންނެވެ. ފިރިހެނުންވެސް ބުނެފައިވަނީ ހަމަޖެހޭ ދިރިއުޅުމެއް ލިބެނީ ވީހާވެސް ހަގު އަންހެނުންނާއި އިނދެގެން ކަމަށެވެ.
އެ ޔުނިވާސިޓީން ނިންމާފައިވަނީ ނަތީޖާއަށް ބަދަލުއާދޭތޯ ބެލުމަށް ކޮންމެ އަހަރަކު މި ދިރާސާގައި މިއަހަރު ބައިވެރިވި މީހުންނާއި ސުވާލު ކުރުމަށެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް