މީރާގެ ހިދުމަތްތަކަށް ހާއްސަ "މީރާ މޯބައިލް އެޕް" ތައާރަފުކޮށްފި

މޯލްޑިވްސް އިލެންޑް ރެވެނިއު އޮތޯރިޓީ (މީރާ) އިންދޭ ހިދުމަތްތަކަށް ހާއްސަ އެޕް "މީރާ މޯބައިލް އެޕް" ތައާރަފުކޮށްފި އެވެ. މި އެޕް ތައާރަފުކޮށްފައިވަނީ ރޭ ބޭއްވި މީރާގެ އަހަރީ ދުވަހުގެ ޖަލްސާގައި ރައްޔި...

05 Aug 2017 | 03:30

މޯލްޑިވްސް އިލެންޑް ރެވެނިއު އޮތޯރިޓީ (މީރާ) އިންދޭ ހިދުމަތްތަކަށް ހާއްސަ އެޕް "މީރާ މޯބައިލް އެޕް" ތައާރަފުކޮށްފި އެވެ.

މި އެޕް ތައާރަފުކޮށްފައިވަނީ ރޭ ބޭއްވި މީރާގެ އަހަރީ ދުވަހުގެ ޖަލްސާގައި ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުﷲ މަސީހު އެވެ.

މީރާއިން މައުލޫމާތުދޭ ގޮތުގައި މި އެޕް މެދުވެރިކޮށް މީރާއަށް ދައްކަން ޖެހޭ ފީއާއި ޖޫރިމަނާތައް ފަސޭހަ ކަމާއި އެކު ދައްކާލެވޭނެ އެވެ. އޭގެ ތެރޭގައި ކުންފުނިތަކުގެ އަހަރީ ފީ އާއި ސައިކަލުގެ ޖޫރިމަނާ ދެއްކޭނެ އެވެ.

މީގެ އިތުރުން މި އެޕް މެދުވެރިކޮށް މީރާގެ ހިދުމަތް ހޯދުމަށް އޮންލައިންކޮށް ޓޯކަން ނަގައި ކިއުގަިއ ބާކީ ތިބި މީހުންގެ އަދަދު ބެލޭނެ އެވެ. އަދި މީރާއިން ނަގާ ޓެކްސްތަކާއި ބެހޭ މައުލޫމާތު ބަލާލެވޭނެ އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް