އިއްޔެ އިންޑިއާގައި ރިލީޒް ކުރި "ޖަބް ހެރީ މެޓް ސީޖަލް" ގެ ޓިކެޓެއްގެ އަގު 2،000 ރުޕީސް އަށްވުރެ ބޮޑުކޮށް ވިއްކަން ފަށައިފި އެވެ.
އެހާ އަގުބޮޑުކޮށް އެ ފިލްމުގެ ޓިކެޓު ވިއްކަނީ އިންޑިއާގެ ވެރިރަށް ނިއުދިއްލީ ފަދަ ބޮޑެތި ސިޓީތަކުގައި އެވެ. ޝާރުކް ހާން އާއި އަނުޝްކާ ޝަރުމާ ރީލްޑޯލް ކުޅެފައިވާ އެ ފިލްމުގެ ޓިކެޓުގެ އަގު އުޅެނީ 2،000 ރުޕީސް އާއި 2،400 ރުޕީސް އަށެވެ. ފިލްމު ރިލީޒް ކުރީންސުރެ އެންމެ ކުޑަ އަގެއްގައި ޓިކެޓު ވިއްކާފައިވަނީ 1،200 ރުފިޔާ އަށެވެ.
ފިލްމު އަޅުވާ ތިއޭޓަރުތަކުގެ ވެރިން ބުނެފައިވަނި އެހާ އަގުބޮޑުކޮށް ޓިކެޓު ވިއްކައިގެންވެސް އަދި އަޅުވާ ހުރިހާ ޝޯތަކެއް ފުލްވަމުންދާ ކަމަށެވެ. އަދި ޝާރުކް ހާންގެ ފިލްމަކަށް ވެފައި ރަނގަޅު ކަމުދާ ކަހަލަ ފިލްމެއް ބަލާލަން ބޭނުންވެފައި ތިބި މީހުންނަށް އެ އަގަގީ ބޮޑު އަގެއް ނޫން ކަމަށް ބުނެފައިވާ ކަމަށެވެ.
ދާއިރާގެ ތަޖުރިބާ ކާރުން ބުނެފައިވަނީ އެހާ ބޮޑު އަގުގައި ޓިކެޓު ވިއްކަނީ "ޖަބް ހެރީ މެޓް ސީޖަލް" ފަދަ ފިލްމުތައް ހަދަން ބޮޑު ހަރަދު ކޮށްފައިވާތީ އެ ހަރަދުތައް ފޫބެއްދުމަށް ކަމަށެވެ. މި ފިލްމު ބަލާ ގިނަ މީހުންނަށް ފިލްމު ކަމުދެ އެވެ.
އެ ފިލްމުގެ އިތުރުން އަނިލް ކަޕޫރާއި އަރްޖުން ކަޕޫރުގެ ފިލްމު "މުބާރަކަން" ގެ ޓިކެޓުވެސް ވިއްކާފައިވަނީ 1،800 ރުޕީސް އަށެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް