މީހަކު ޒަހަމްވީ ބިއްލޫރި މޭޒެއްގެ މައްޗަށް ވެއްޓިގެން: ފުލުހުން

ޒަހަމްވެގެން އައިޖީއެމްއެޗުގައި ފަރުވާދެމުންދަނީ ބިއްލޫރި މޭޒެއްގެ މައްޗަށް ވެއްޓުނު މީހަކަށް ކަމަށް ފުލުހުން ބުނެފި އެވެ. ކުރިން މައުލޫމާތު ލިބިފައިވަނީ އެމީހާ ހޮސްޕިޓަލަށް ގެންދިޔައީ ތޫނު އެއްޗަކުން...

04 Aug 2017 | 19:48

ޒަހަމްވެގެން އައިޖީއެމްއެޗުގައި ފަރުވާދެމުންދަނީ ބިއްލޫރި މޭޒެއްގެ މައްޗަށް ވެއްޓުނު މީހަކަށް ކަމަށް ފުލުހުން ބުނެފި އެވެ.

ކުރިން މައުލޫމާތު ލިބިފައިވަނީ އެމީހާ ހޮސްޕިޓަލަށް ގެންދިޔައީ ތޫނު އެއްޗަކުން ހަމަލާދީގެން ކަމަށެވެ. އެކަމަކު އެ މައުލޫމާތަކީ އޭނާއަށް ލިބިފައިވާ ޒަހަމްތަކާއި ގުޅިގެން ބެލެވުނު ގޮތެއް ކަމަށްވެ އެވެ.

ފުލުހުންގެ މީޑިއާ އޮފިސަރު ފަހުން ވިދާޅުވީ އެމީހާ ހޮސްޕިޓަލަށް ގެންދިޔައީ އޭނާ ދިރިއުޅޭ ގެ ހުންނަ ގޯޅި ތެރޭގައި ހުރި ބިއްލޫރި މޭޒެއްގެ މައްޗަށް ވެއްޓިގެން ކަމަށެވެ.

މިހާދިސާގައި އޭނާއަށް މާ ސީރިއަސް އަނިޔާތަކެއް ލިބިފައެއް ނުވެ އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް