17 އަހަރުގެ އަންހެން ކުއްޖަކަށް ޖިންސީ ގޯނާކޮށްފައިވާކަމަށް ފުލުހުންނަށް ހުށަހެޅިފައިވާ މައްސަލައަކާއި ގުޅިގެން ހޯދަމުން ދިޔަ މީހަކު އުވަދޯންޏެއްގެ ދަށުގައި ފިލާ އޮއްވާ އަތުލައިގަނެ ހައްޔަރުކޮށްފި އެވެ.
ފުލުހުން ބުނީ މި މައްސަލައާއި ގުޅިގެން ފ.ނިލަންދޫއިން ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފައި ވަނީ 23 އަހަރުގެ ބަނގުލަދޭޝްގެ ފިރިހެނެއް ކަމަށެވެ.
މި މަހުގެ 01 ވަނަ ދުވަހު ރޭ 23:45 ހާއިރު ފުލުހުންނަށް ހުށަހެޅުނު މި މައްސަލާގައި ހޯދަމުންދިޔަ މީހާ ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފައިވަނީ ނިލަންދޫގެ މީހުން ނޫޅޭ ސަރަޙައްދެއްގައި އިމާރާތްކުރަމުންދާ ތަނެއްގެ ކައިރީ ބާއްވާފައި އޮތް އުވަދޯންޏެއްގެ ދަށަށް ވަދެ ފިލާ އޮއްވާ އެރޭގެ 02:30 ހާއިރު ކަމަށް ފުލުހުން ބުނެ އެވެ.
ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފައިވާ މީހާގެ ބަންދާމެދު ގޮތެއް ނިންމުމަށް މި އޯގަސްޓް މަހުގެ 02 ވަނަ ދުވަހު ފ.ނިލަންދޫ މެޖިސްޓްރޭޓް ކޯޓަށް ޙާޟިރު ކުރުމުން ހޯމް މިނިސްޓްރީން ކަނޑައަޅާ ތަނެއްގައި ބަންދުގައި ބަހައްޓައިގެން ތަޙުޤީޤު ކުރިޔަށް ގެންދިއުމަށް 15 ދުވަހުގެ މުއްދަތެއް ދީފައިވާކަމަށްވެސް ފުލުހުން ބުނެ އެވެ.
މި މައްސަލަ ފުލުހުން އަންނަނީ ތަހުގީގު ކުރަމުންނެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް