ފަސޭހައިން ފައިސާ ނެގޭ "ކޭޝްބެކް" ހިދުމަތް، ބީއެމްއެލް އިން ތައާރަފްކޮށްފި

ބޭންކް އޮފް މޯލްޑިވްސް އިން ކަސްޓަމަރުންނަށް ފަސޭހައިން ފައިސާ ނެގޭ "ކޭޝްބެކް" ހިދުމަތް ތައާރަފްކޮށްފިއެވެ. މިއަދު ތައާރަފްކުރި ހިދުމަތާއެކު ކަސްޓަމަރުން ބީއެމްއެލް އިން ދޫކުރާ ޑެބިޓް ކާޑުތައް މެދުވެރ...

05 Aug 2015 | 06:36

ބޭންކް އޮފް މޯލްޑިވްސް އިން ކަސްޓަމަރުންނަށް ފަސޭހައިން ފައިސާ ނެގޭ "ކޭޝްބެކް" ހިދުމަތް ތައާރަފްކޮށްފިއެވެ.

މިއަދު ތައާރަފްކުރި ހިދުމަތާއެކު ކަސްޓަމަރުން ބީއެމްއެލް އިން ދޫކުރާ ޑެބިޓް ކާޑުތައް މެދުވެރިކޮށް ވިޔަފާރިކުރާއިރު ބިލްގެ 15 އިންސައްތަ ނަގުދު ފައިސާގެ ގޮތުގައި ނެގޭނެކަމަށް ބީއެމްއެލް އިން ބުންޏެވެ.

"މިސާލަކަށް، ކަސްޓަމަރަކު ބީއެމްއެލް އިން ދޫކޮށްފައިވާ ޑެބިޓް ކާޑެއް ބޭނުންކޮށްގެން 1000 ރުފިޔާ ގެ ވިޔަފާރިއެއްކޮށް، ފައިސާ ދައްކަމުން އެދުނީ އެ ކުރި ވިޔަފާރީގެ 15 އިންސައްތަ ކަމަށްވާ 150 ރުފިޔާ ކޭޝްބެކްގެ ގޮތުގައި ނަގަން؛ މިގޮތުން ކަސްޓަމަރުގެ އެކައުންޓުން ޖުމްލަ 1150 ރުފިޔާ ކެނޑުމަށްފަހު ކަސްޓަމަރަށް ވިޔަފާރިކުރި ތަކެއްޗާއެކު 150 ރުފިޔާ ލިބޭނެ" ބީއެމްއެލް އިން ބުންޏެވެ.

ބީއެމްއެލް އިން ބުނީ އެ ހިދުމަތަށް އެއްވެސް އަގެއް ނުނަގާނެ ކަމަށާއި ކަސްޓަމަރުންގެ އެކައުންޓުން ކެނޑޭނީ ހަމައެކަނި ކުރި ވިޔަފާރީގެ އަދަދާ ކޭޝްބެކްގެ ގޮތުގައި ނަގަން އެދޭ އަދަދު އެކަނި ކަމަށެވެ.

ބީއެމްއެލް ކޭޝްބެކްގެ ޚިދުމަތް މިވަގުތު ލިބެމުންދަނީ އަގޯރާ، ލެ ކިއުޓް، ރެޑްވޭވް، ފްރީ ގާއިޒް، ގާއިޒް 2000، ލެކިއުޓް، ލެކިއުޓް އިލެކްޓްރޯނިކްސް، ސްމާޓް ފޯންސް، ސްމާޓް އިލެކްޓްރޯނިކްސް އަދި ސޮނީ ސްޕޯޓްސްގެ ފިހާރަތަކުންނެވެ. ކުރިއަށް އޮތްތަނުގައި އިތުރު ފިހާރަތަކުން އެ ހިދުމަތް ދިނުމަށް މަސައްކަތް ކުރަމުންދާ ކަމަށް ބީއެމްއެލް އިން ބުންޏެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް