ރަސްމީ ދަތުރުފުޅެއްގައި ނައިބު ރައީސް އަހުމަދު އަދީބް މިސްރަށް ފުރާވަޑައިގެންފި އެވެ.
ރައީސް އޮފީހުން ހާމަކުރައްވާ ގޮތުގައި ނައިބު ރައީސް އަހުމަދު އަދީބް މިސްރަށް ވަޑައިގަންގަނަވަނީ، އެގައުމުގެ ދެވަނަ ސުއެޒް ކެނަލް ހުޅުވުމުގެ ރަސްމިއްޔާތުގައި ބައިވެރިވެވަޑައިގަތުމަށް ކަމަށެވެ.
މިއީ ނައިބު ރައީސް ކަމާއި އަދީބް ހަވާލުވެވަޑައިގެންނެވި ފަހުން ރާއްޖެއިން ބޭރަށް ކުރައްވާ ފުރަތަމަ ރަސްމީ ދަތުރުފުޅެވެ.
ނައިބު ރައީސްގެ މަގާމާ އަދީބް ހަވާލުވެވަޑައިގެންފައި ވަނީ މިދިޔަ މަހުގެ 23 ވަނަ ދުވަހު އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް