ގެއްލިގެން ހޯދަމުންދިޔަ ދެމަފިރިން ފެނިއްޖެ

އިންޑިއާގެ ޓްރިވަންޑްރަމަށް ބޭސްފަރުވާއަށް ގޮސް އުޅުނިކޮށް ގެއްލިގެން ހޯދަމުންދިޔަ ދެމަފިރިން ފެނިއްޖެ ކަމަށް ފޮރިން މިނިސްޓްރީން ބުނެފި އެވެ. ގެއްލިގެން ހޯދަމުމް ދިޔައީ ގއ. ގެމަނަފުށީ، ޓޫމައި ފްރެންޑ...

05 Aug 2015 | 06:23

އިންޑިއާގެ ޓްރިވަންޑްރަމަށް ބޭސްފަރުވާއަށް ގޮސް އުޅުނިކޮށް ގެއްލިގެން ހޯދަމުންދިޔަ ދެމަފިރިން ފެނިއްޖެ ކަމަށް ފޮރިން މިނިސްޓްރީން ބުނެފި އެވެ.

ގެއްލިގެން ހޯދަމުމް ދިޔައީ ގއ. ގެމަނަފުށީ، ޓޫމައި ފްރެންޑްސް ގޭ 72 އަހަރުގެ އަދުނާން ހަސަން އާއި 61 އަހަރުގެ ހަދީޖާ ހުސެއިންނެވެ.

އެ ދެމަފިރިން އިންޑިއާ ގޮސްފައިވަނީ މިދިޔަ ހުކުރު ދުވަހު ކަމަށާއި އިންޑިއާއަށް ދިއުމަށްފަހު އާއިލާއަށް ގުޅާފައިވާ ކަމަށް އާއިލާއިން ބުނެއެވެ. ނަމަވެސް މިދިޔަ ހޯމަ ދުވަހުގެ ރެއަށްފަހު ގެންގުޅޭ ނަންބަރަށް ނުގުޅޭ ކަމަށާއި އޭގެ ފަހުން ހަބަރެއްވެފައިނުވާ ކަމަށް ވެސް އާއިލާއިން ބުނެ އެވެ.

އެ ދެމަފިރިން އިންޑިއާ އަށް އައީ ލޮލުގެ އޮޕަރޭޝަނެއް ކުރުމަށް ކަމަށާއި އިއްޔެ ހެނދުނު 7 ނުވަތަ 8 ޖަހާއިރު އެޑްމިޓް ކުރާ ވާހަކަ އާއިލާއަށް އެންގި ނަމަވެސް އެއީ ކޮން ހޮސްޕިޓަލެއް ކަމާއި އެޖެންޓަކީ ކޮބައިކަން އަދި ތިބެނީ ކޮން ހޮޓަލެއްގައިކަން އާއިލާއަށް އަންގާފައި ނުވާކަމަށް އާއިލާއިން ބުނެ އެވެ.

އާއިލާއިން ބުނެފައިވަނީ މީގެ ކުރިންވެސް އެ ދެމަފިރިން 20 ވަރަކަށްފަހަރު އިންޑިއާއަށް ގޮސްފައި ވާކަމަށާއި މި ފަހަރުވެސް އެ ދެމަފިރިން އިންޑިއާއަށް ދިޔައީ އެކަނި ކަމަށެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް