ވަގަށް ނާގާފައިވާކަމަށް ބެލެވޭ ޖީޕީއެސްއަކާއި ގިނަ އަދަދެއްގެ ފައިސާ އާއެކު މީހަކު ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފި

ވަގަށްނާގާފައިވާކަމަށް ބެލެވޭ  ޖީޕީއެސް އަކާއި ގިނަ އަދަދެއްގެ ފައިސާ އާއެކު މީހަކު މާފަންނު ޕޮލިސް ސްޓޭޝަންގެ ބެލުމުގެ ދަށަށް ގެނެސްފިއެވެ. ފުލުހުން ހާމަކުރާ ގޮތުގައި މި މައްސަލާގައި ފުލުހުންގެ ބެލުމ...

05 Aug 2015 | 06:18

ވަގަށްނާގާފައިވާކަމަށް ބެލެވޭ  ޖީޕީއެސް އަކާއި ގިނަ އަދަދެއްގެ ފައިސާ އާއެކު މީހަކު މާފަންނު ޕޮލިސް ސްޓޭޝަންގެ ބެލުމުގެ ދަށަށް ގެނެސްފިއެވެ.

ފުލުހުން ހާމަކުރާ ގޮތުގައި މި މައްސަލާގައި ފުލުހުންގެ ބެލުމުގެދަށަށް ގެނެސްފައި ވަނީ  26 އަހަރުގެ ދިވެހި ފިރިހެނެއްކަމަށާއި  މި މީހާ ފުލުހުންގެ ބެލުމުގެދަށަށް ގެނެސްފައި ވަނީ އާންމު ފަރާތަކުން ވަގަށްނާގާފައިވާކަމަށް ތުހުމަތުކުރެވޭ ޖީ.ޕީ.އެސް އެއް ވިއްކަން ބާޒާރުމަތީގައި އުޅޭކަމަށް ފުލުހުންނަށް ލިބުނު މަޢުލޫމާތަކާ ގުޅިގެން 2015 އޮގަސްޓް 04 ވަނަ ދުވަހުގެ ރޭ 21:48 ހާއިރު ބޮޑުތަކުރުފާނު މަގު ވަދުފޮށި ފިހާރަ ކައިރިންކަމަށެވެ.

ވަގަށް ނަގާފައިވާކަމަށް ބެލެވޭ ޖީޕީ އެސް އާއި ފައިސާތައް ފެނިފައިވަނީ މިމީހާ ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސް ބަލައިފާސްކުރިއިރު އޭނާގެ އަތުންނެވެ.

އިތުރަށް ފުލުހުން ހާމަކުރާ ގޮތުގައި މި މައްސަލާގައި ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފައިވާ މީހަކީ 86 ފަހަރު ހުއްޓުވާ ސުވާލުކޮށް 43 ފަހަރު ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސް 20 ފަހަރު ހައްޔަރުކޮށްފައިވާ މީހެއްކަމަށާއި އޭނާގެ މައްޗަށް ތުހުމަތުކުރެވޭ 05 މައްސަލައެއްގެ ތަހުޤީގް ނިންމާ ޕްރެސެކިއުޓަރ ޖެނެރަލްގެ އޮފީހަށް ވަނީ ފޮނުވާކަމަށެވެ.

މިގެއިތުރުން މިމީހާއަކީ މަސްތުވާތަކެއްޗާއި ވައްކަމާއި ތޫނު ހަތިޔާރު ބޭނުން ކޮށްގެން ފޭރުމުގެ މައްސަލަތަކުގެ އިތުރުން ބަދު އަހުލާގީ އަމަލު ހިންގުމުގެ މައްސަލަތަކުގެ ރެކޯޑްސް އޮންނަ ކަމަށާއި  މި މައްސަލަ ޖެނެރަލް އިންވެސްޓިގޭޝަން ޑިޕާޓްމަންޓް އިން ދަނީ  ތަހުޤީގް ކުރަމުން ކަމަށްވެސް ފުލުހުން ހާމަކުރައްވައެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް